02 Apr 2017, 19:05
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިތުރު 10 ޕަސަންޓު ހިއްސާ، ދިވެހި ސަރުކާރުން މިއަދު ގަނެފިއެވެ.
ދިވެހި ސަރުކާރުން 10 ޕަސަންޓު ހިއްސާ ގަތީ އިސްލާމިކް ބޭންކުގެ މެޖޯރިޓީ ހިއްސާދާރު، އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ ފަރާތުންނެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރަށް 10 ޕަސަންޓު ހިއްސާ ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިންގް ޑިރެކްޓަރ ހާރިސް ހާރޫނެވެ.
މިހާރު އިސްލާމިކް ބޭންކުގެ ޖުމްލަ 25 ޕަސަންޓު ހިއްސާދާރަކީ ދިވެހި ސަރުކާރެވެ. އެއީ ޖުމްލަ 45،000 ހިއްސާއެވެ.
އަމާނާ ތަކާފުލް މޯލްޑިވްސް ޕލކ އިންވެސް މިދިޔަ އަހަރު ވަނީ، އައިސީޑީގެ އަތުން އިސްލާމިކް ބޭންކްގެ ފަސް ޕަސަންޓު ހިއްސާ ގަނެފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ބެހިގެންވާ ގޮތް.
- އައިސީޑީ (70 ޕަސަންޓު ހިއްސާ)
- ދިވެހި ސަރުކާރު (25 ޕަސަންޓު ހިއްސާ)
- އަމާނާ ތަކާފުލް ޕލކ (ފަސް ޕަސަންޓު ހިއްސާ)