02 Apr 2017, 14:55
މި އަހަރުގެ ޖޫން މަހު ޗައިނާގެ ޔުނާން ޕްރޮވިންސުގެ ކުންމިން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ވަނަ ވަނަ ޗައިނާ - ސައުތު އޭޝިޔާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ކުންމިން ފެއާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި އެ ފެއާގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް، އެތަކެއްޗަށް މާކެޓު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރުގެ ކުންމިންގް ފެއާގައި ރާއްޖޭގެ ފަރާތުން 100 އަށް ވުރެ ގިނަ މަންދޫބުންގެ ޑެލެގޭޝަނެއް ބައިވެރިވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި އިންޑަސްޓްރީ ޕާޓްނަރުންނާއި ޕަފޯމަރުންނާޢި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ޝެފުންނާއި ކުރެހުންތެރިން ފަދަ ފަންނާނުން ހިމެނެ އެވެ. މިދިޔަ އަހަރު ރާއްޖެ އިން އެ ފެއާގައި ބައިވެރިވީ "ކަންޓްރީ އޮފް އޮނާސް"ގެ ގޮތުގަ އެވެ.
ޖޫން މަހުގެ 12 އިން 18 އަށް ބާއްވާ އެ ފެއާގެ މައިގަނޑު ބޭނުމަކީ ދިވެހި އުފެއްދުންތައް މެކަނައިޒްކުރެވޭނެ ވަސީލަތްތައް ހޯދުމާއި ޗައިނާގެ ވިޔަފާރިވެރިންނާ އެކު، ވިޔަފާރީގެ ގުޅުންބަދެހިކޮށް ދިވެހި އުފެއްދުންތަކަށް މިހާރަށް ވުރެބޮޑު ތަރުޙީބެއް ބޭރު މާކޭޓްތަކުން ފަހިކޮށް ދިނުމެވެ.