02 Apr 2017, 14:48
ތަފާތު އެކިދުވަސްމަތިން ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އެހަރަކުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިއަ މަހުގެ 28 ވަނަ ދުވަހު ކަމަށް ފުލުހުންނެވެ. އަދި އޭނާ ބަންދަށް ހަތް ދުވަސް ހދ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެމައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.