ެއިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޒުވާން ޕާލިމްނެޓް ބޯޑުގެ މެމްބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދައިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އިންތިހާބު ވެއްޖެ އެވެ.

ިމިއީ އައިޕީޔޫގެ މަގާމަކަށް ރާއްޖޭގެ މެމްބަރަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ރިފާއުގެ އިތުރުން އެ މަގާމަށް އިރާނާއި މޮންގޯލިއާގެ ކެންޑިޑޭޓުން ވެސް ވާދަކުރި އެވެ. ޖުމްލަ 18 ގައުމަކުން ވޯޓުގައި ވައިވެރިވެފައިވާ އިރު 12 ގައުމެއްގެ ވޯޓު ވަނީ ރިފާއުއަށް ލިބިވަޑައިގެންފަ އެވެ.

ެުއުމުރުން 45 އަހަރުން ދަށުގެ ފަރާތްތަކަށް ވާދަކުރެވޭ އެ މަގާމަށް މީގެ ކުރިން ރާއްޖޭން މެމްބަރު ރޮޒައިނާ އާދަމް އަދި އަހުމަދު މަހުލޫފު ވެސް ވާދަކުރެއްވި އެވެ. އެހެންނަމަވެސް އެދެބޭފުޅުންނަށް ކާމިޔާބުވެފައެއް ނުވެ އެވެ.