ކަބީރު ޚާން ޑައިރެކްޓުކޮށް ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޓިއުބްލައިޓް' ރިލީޒް ކުރާނެ ތާރީޚު ފައިނަލް ކޮށްފި އެވެ.

ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

'ޓިއުބްލައިޓް' އަކީ މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެވެ.

މިއީ ކަބީރު ޚާން އަދި ސަލްމާން އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދާނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ. އެ ފިލްމުގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.

'ޓިއުބްލައިޓް' އަކީ 1962 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާދެމެދު ކުރެވުނު ހަނގުރާމައިގެ މައްޗަށް އުފައްދާ ފިލްމެކެވެ.