އިޓަލީގެ މަޝްހޫރު މޮޑެލެއް ކަމަށްވާ މަރިއާނޯ ޑި ވާޔޯ ރާއްޖޭގައި އޭނާގެ ކުޑަ ކުޑަ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެ އެވެ.

އެތައް ބަޔަކު ފޮލޯ ކުރަމުން އަންނަ އޭނާގެ އިންސްޓާގްރާމް އަދި ފޭސްބުކް އެކްއުންޓުގައި ވަނީ ރާއްޖޭގެ ހިތްގައިމު ދޮންވެލި ގޮނޑޮދޮށުގައި ނަގާފައިވާ ފޮޓޯތައް އާންމު ކޮށްފަ އެވެ.

ދަރިފުޅަށް ހަތަރު މަސް ފުރުން ފާހަގަ ކުރަން ރާއްޖެ އައިސް އެ ކުޑަ އާއިލާ ޗުއްޓީގެ ދުވަސްތައް ހޭދަކުރަމުން ގެންދަނީ، ފުރަވެރި ރިސޯޓް ގަ އެވެ. މަރިއާނޯ ވަނީ މިދިޔަ އަހަރުވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. ނަމަވެސް އެ ފަހަރު އޭނާ އިހުތިޔާރު ކޮށްފައިވަނީ ހައިޑްއެވޭ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ.

މަރިއާނޯ ފުރަވެރި ރިސޯޓްގައި ނަގާފައިވާ ފޮޓޯއެއް---

މިފަހަރުގެ ދަތުރުގައި މަރިއާނޯ ވަނީ އޭނާގެ ދަރިފުޅަށް ހަތަރު މަސް ފުރުން ފާހަގަކޮށް ފޮޓޯއެއް ވެސް އާންމު ކޮށްފަ އެވެ. އަދި ދިވެހި ފޭލީގައި ހުދު ދޮންވެލިގަނޑު މަތީގައި ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯގައި އޭނާ ހުރީ އޭނާގެ ދަރިފުޅު އުރާލައިގެންނެވެ.

ރާއްޖޭގެ ހިތްގައިމުކަމަށް ތައުރީފުކޮށް ރާއްޖޭގެ ޖާދޫގައި ރަނގަޅަށް ވެސް ޖެހިފައިވާ ކަމަށް އޭނާ ބުނާ އިރު މާރިއާނޯ ވަނީ އެތަކެއް ފޮޓޯތަކެއް ހިއްސާ ކޮށްފަ އެވެ.

މަރިއާނޯ ޗުއްޓީ ހޭދަ ކުރަމުންދާ ފުރަވެރި ރިސޯޓުގައި---

މަރިއާނޯ އަކީ ދުނިޔޭގެ މަޝްހޫރެއް އެތައް ބްރޭންޑެއް އިސްތިހާރު ކުރަމުން އަންނަ ޒުވާން ފިރެހެނެކެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަރިއާނޯ އިސްތިހާރުކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ބްރުނެލޯ، ހޫގޯ ބޮސް، ކަވާލީ، ގުޗީ، ކުސިނެލީ ފަދަ ބްރޭންޑްތައް ފާހަގަ ކޮށްލެވެ އެވެ.