ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ މުކޭޝް ބަޓް އާއި ވިކޭޝް ބަޓް ޕްރޮޑިއުސްކޮށް، ސިރްޖިތް މުކަރުޖީ ޑައިރެޓްކޮށްފައިވާ ފިލްމު، "ބޭގަމް ޖާން" ގެ ގިނަ މަންޒަރުތަކެއް ސެންސަރުކުރަން އަންގައިފިއެވެ. މި ފިލްމުގެ ލީޑު ރޯލު ކުޅެފައިވަނީ ކުޅަދާނަ ބަތަލާ ވިދްޔާ ބާލަން އެވެ.

"ބޭގަމް ޖާން" އަކީ އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރުގެ ހާދިސާތަކުގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދެނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަނެއް ހިންގާ އަންހެނެއްގެ ވާހަކަ އެވެ. އެ އަމަލު ހިންގާ ތަން ހުއްޓުވަން މަސައްކަތް ކުރާ ބަޔަކާ ދެކޮޅަށް އެތަން ހިންގާ އަންހެންމީހާ ކުރާ މަސައްކަތްތައް ފިލްމުން ފެނިގެންދާނެއެވެ.

"ބޭގަމް ޖާން" ގެ މަންޒަރެއް ގައި ވިދްޔާ އާއި އެހެން ދެ ތަރިއެއް---

މޮޅު ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ބޭގަމް ޖާން" މިމަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، އެ ފިލްމު އޮތީ ސެންސަރު ބޯޑުގައި ހައްޔަރުވެފަ އެވެ. ފިލްމުގެ 12 މަންޒަރެއް ފިލްމުން އުނިކުރަން ޖެހުނު އިރު ވިދްޔާގެ ކެރެކްޓާގައި ގެނެސްދީފައިވާ ގިނަ ވާހަކަތައް ފިލްމުން ކަނޑާލަން އެންގިއެވެ. އަދި މީހުންނާ ދިމާލަށް ބޭނުންކޮށްފައިވާ ހުުތުރު ބަސް ތައްވެސް ފިލްމުން ފޮހެލަން ސެންސަރު ބޯޑުން އެންގިއެވެ.

އޭގެ އިތުރުން ވިދްޔާ ހުތުރު ބަސްތައް ބޭނުން ކުރާ މަންޒަރުތަކުގެ އިތުރުން އޭނާ ގައިގޯޅިވެގެން ފިލްމުގައި ނަގާފައިވާ މަންޒަރުތައް ވެސް އުނިކުރަން އަންގާފައިވެއެވެ.

"ބޭގަމް ޖާން" ގެ ޓްރެއިލާ---

އެ ފިލްމަކީ ބޮޑެތި މީހުންނަށް ހާއްސަ ފިލްމެއް ވިޔަސް ފިލްމު ފާސްކޮސްދޭނީ ހުތުރު ބަސްތައް ބޭނުންކޮށްފައިވާ މަންޒަރުތަކާއި ގައިގޯޅި މަންޒަރުތައް ފިލްމުން އުނިކުރުމުން ކަަމަށްވެސް ސެންސަރު ބޯޑުން ވަނީ އަންގާފައެވެ. އަދި އެދަފަ މަންޒަރުތައް ފިލްމުން އުނި ނޮކޮށް އޮތްހައި ދުވަހަކު ފިލްމު ސެންސަރު ބޯދުން ފާސް ކޮސްނުދޭނެ ކަމަށް ބުނެއެވެ.