02 Apr 2017, 09:38
ބޮގޯޓާ (އޭޕްރިލް 2): ބޯކޮށް ވާރޭވެހި، ކޯރުތައް ބަންޑުންވުމުގެ ސަބަބުން ކޮލަމްބިއާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނެފި އެވެ.
ކޮލަމްބިއާގެ ޕުޓުމަޔޯ ޕްރޮވިންސުގައި ހިނގި އެހާދިސާގައި 220 އަށް ވުރެ ގިނަ މީހުން ގެއްލި، 202 މީހަކަށް އަނިޔާވި ކަމަށް ރެޑް ކްރޮސް އިން ބުންޏެވެ.
ޕުޓުމަޔޯ ޕްރޮވިންސުގެ ވެރިރަށް މޮކޯއާގެ މޭޔަރު ހޯސޭ އެންޓޯނިއޯ ކާސްޓްރޯ ވިދާޅުވި ގޮތުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ސިޓީގެ ވަށައިގެންވާ މަގުތައް ބަންދުވެ، ސިޓީގެ 345،000 މީހުންނަށް ވަނީ ފެނާއި ކަރަންޓުގައި ހިދުމަތް ލިބޭ ގޮތް ނުވެފަ އެވެ.
އަދި ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންޓޯސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވާ، އެސަރަހައްދުގައި ކުއްލި ހާލަތު އިއުލާން ކުރައްވާފަ އެވެ. ރޮއިޓާސްގައިވާ ގޮތުން އެ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގައި 1،100 ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދެ އެވެ. (ބީބީސީ)