މިނިވަން ޗެމްޕިއަންޝިޕްގައި އަލިފުށި މައްޗަށް މީދޫއިން ކުރި ހޯދައިފި އެވެ.

މީދޫން އެ މެޗު ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިއަދުގެ މެޗުގައި އަލިފުށީގެ މެދުތެރެ ފެނުނީ ވަރަށް ދަށްކޮށެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލިފުށީ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކޮށްފަ އެވެ. ނަމަވެސް މީދޫގެ ކުޅުންތެރިން ވަނީ ދެ ވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅެފަ އެވެ.

ފުރަތަމަ ހާފުގައި މީދޫ ޓީމަށް މެޗުގެ ލީޑު ނަގައި ދިނީ ނާޖިހު މުހައްމަދެވެ. އެ ގޮތުގައި ފުރަތަމަ ހާފުގައި ނމިގެންދިޔައިރު ފަހު ހާފުގައި މީދޫއިން ވަނީ ދެ ގޯލް ޖަހާފައެވެ. އެ ދެލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މުހައްމަދު އާސިފާއި ފުރެންސިސް އިކެޗެކްވޫއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ބުރުގައި އިއްޔެ ރަސްމާދޫއާ އުނގޫފާރު ބައްދަލުކުރި މެޗުން މޮޅުވީ އުނގޫފާރެވެ. އުނގޫފާރުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ.