01 Apr 2017, 22:36
ޝިންޖަންގް (އޭޕްރިލް 1): ޗައިނާގެ ޝިންޖަންގުގައި ތުނބުޅި ދިގު ކުރުމާއި މޫނު ބުރުގާ އެޅުން މަނާކޮށްފި އެވެ.
ޗައިނާއިން ބުނާ ގޮތުގައި ޝިންޖަންގުގެ ގާނޫނު ހަދާ މަޖިލީހުން އެގަވާއިދުތައް ހަދާފައި ވަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމާ ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕެއިނެއްގެ ދަށުންނެވެ.
އެގަވާއިދުތަކުގައި ވަނީ ސްޓޭޝަންތަކާއި އެއާޕޯޓުތައް ފަދަ އާއްމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި މޫނު ބުރުގާ އަޅާ މީހުން އެކަން ނުކުރުމަށް އެއްބަސްކުރުވުމަށާއި، އެފަދަ މީހުން ފުލުހުންނަށް ރިޕޯޓު ކުރުމަށް އަންގާފަ އެވެ.
ޗައިނާއިން ބުނާ ގޮތުގައި ޝިންޖަންގުގައި ކުރިއަށްދާ ހަމަނުޖެހުންތަކަކީ ވަކިވެގަނެގެން އުޅޭ އިސްލާމީ ހަނގުރާމަވެރިން ހިންގާ ހަމަނުޖެހުންތަކެވެ. މީގެ ކުރިން އެގައުމުން ވަނީ ޝިންޖަންގުގައި ދިރިއުޅޭ އުއިގޫރު ދަރިކޮޅުގެ މުސްލިމުންނަށް ޕާސްޕޯޓު ދިނުން ހުއްޓުވާފަ އެވެ. (ބީބީސީ)