މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅު ބުރުގައި މާފުށްޓާއި ހިންމަފުށި ބައްދަލު ކުރިމެޗު އެއްވަރުވެއްޖެއެވެ.

އިއްޔެ ހަވީރު ކ. ގުރައިދޫ ފުޓްބޯޅަ ދަނޑުގައި މާފުއްޓާ ދެކޮޅަށް ހިންމަފުށި ކުޅުނު މެޗުން ދެ ޓީމު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފަށް ބަލާއިރު ދެޓީމުންވެސް މޮޅަށް ކުޅުނުއިރު، ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ލިބިގެންގޮސް ވަނީ ބޭކާރު ވެފައެވެ. ފުރަތަމަަ ހާފު ނިމިގެންދިޔައީ ލަނޑެއް ނުފެނިއެވެ.

މެޗުގެ ލީޑު ދެވަނަ ހާފުގައި ނަގައި އުންމީދުތައް އާކޮށްދިނީ އެޓީމުގެ ފޯވާޑް ހުސައިން ނާފިޒެވެ. އޭނާ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 64 ވަނަ މިނެޓްގައެވެ. މެޗުގެ ފަހު 10 މިނިޓާ ހަމައަށް ވެސް ނަތީޖާއަށް ބަދަލެއް ނައިސް އޮތުމަށް ފަހު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މާފުށީގެ އަހުމަދު ނައުފަލް ވަނީ 80 ވަނަ މިނިޓްގައި މާފުށްޓަށް ލަނޑެއް ކާމިޔާބުކޮށް ދީފައެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ކ.އަތޮޅު ބުރުގައި ދެން ބައްދަލު ކުރާނީ ގުޅިއާއި ގުރައިދޫ އެވެ. މިމެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ހަވީރު އެވެ.