01 Apr 2017, 08:56
ރާއްޖޭގެ ގިނަ ބަޔަކު ފޯރީގައި ބަލަމުން އަންނަ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ރޭގެ ޝޯ ވަރަށް ވެސް ފޯރިގަދައެވެ. ގަދަ ނުވަ ބައިވެރިންގެ ރޮކް ހުށަހެޅުންތަކެއް ދައްކާލާ ބެލުންތެރިން އަންތަރީސް ކޮށްފިއެވެ.
ރޭގެ ޝޯގެ ތީމް އަކީ "ރޮކް އެންޑް ރޯލް" އެވެ. ހުރިހާ ބައިވެރިންވެސް ވަނީ ހިތްގައިމު ރީތީ ލަަވަތަކަކުން އައިޑޮލްގެ ސްޓޭޖެ ފަޅުފިލުވަދީފައެވެ.

ގަދަ ނުވަ ބައިވެރިންގެ ތެރޭގައި ހިމެނޭ އަހްމަދު ފަރަޝް---
އައިޑޮލްގެ ގަދަ ނުވައެއް:
- މުހައްމަދު ތަސްނީމް (ބޮބް)
- އިބްރާހީމް ވަހީދު (ބޮޑުބެ)
- ޝަމްވީލް މުހައްމަދު
- އަހްމަދު ނަބީލް
- ހަމޫދު އަހްމަދު
- ހަސަން އިރުފާން (ޒަކިއްޓެ)
- އަހްމަދު ފަރަޝް
- އައިޝަތު ޖައިޝާ
- އަބްދުﷲ ހިޝާން
- ގަދަ ނުވަ ބައިވެރިންގެ ތެރޭގައި ހިމެނޭ ޝަމްވީލް މުހައްމަދު---

ެރޭގެ ޝޯގެ ތީމާއި އެއްގޮތަށް ހުރިހާ ބައިވެރިން ވެސް ފެނިފައިވަނީ ތަފާތު މަޖާ ހެދުންތަކެއްގައެވެ. ބައިވެރިން ހުށަހަޅައިދިން ރީތި ލަވަތަަކަށް ޖަޖުން ވަނީ ތައުރީފުގެ ބަސްތައް ރައްދުކޮށްފައެވެ.
ރޭގެ ޝޯގެ ހުށަހެޅުންތަކަށް ފަހު ގަދަ އަށަކަށް ހޮވުމަށް އެންމެ ކަމުދާ ބައިވެރިޔަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއަދުގެ މެންދުރުފަހު ތިނަކާ ހަމައަށް އެސްއެމްއެސް ކުރެވޭނެއެވެ.
އައިޑޮލްގެ ގަދަ އަށެއް މާދަމާރޭ އޮންނަ ޝޯގައި އެނގިގެން ދާނެއެވެ.
