މަޝްހޫރު ބޮލީވުޑް އެކްޓަރު އަދި ދިވެހީންގެ މެދުގައިވެސް މަގުބޫލު ސަލްމާން ޚާންގެ އާއިލާ މީގެ ދެދުވަސް ކުރިން ވަނީ ރާއްޖެ އައިސްފައެވެ. އެ އާއިލާ ރާއްޖެ އައީ ސަލްމާން ޚާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފުރަތަމަ ދަރިފުޅު އާހިލްގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

ރާއްޖޭގެ އަމިއްލަފުށި ރިސޯޓުގައި ހާން އާއިލާގެ ގިނަ މެމްބަރުންތަކެއް މިހާރު ހަރަކާތްތެރިވަމުންދާއިރު އެމީހުންގެ އިންސްޓަގްރާމުގައި ވަނީ މުޅިންވެސް އަމިއްލަ ފުށީގެ ރީތި ގޮނޑުދޮށާއި ހިއްގައިމު ރީތި ތަންތަން ދައްކުވައިދޭ ފޮޓޯތަކެވެ.

ހާން އާއިލާއިން މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ މީހުންގެ ތެރޭގައި އަރްބާޒް ހާން އާއި އޭނާގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާ ހާން އާއި އަރްޕިތާ ހާންވެސް ހިމެނެ އެވެ. އެހުރިހާ ފަރާތްތަކެއްގެވެސް އިންސްޓަގްރާމްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައުވައިދޭ ފޮޓޯތައް އާންމު ކުރުމަށް ފަހު ލިޔެފައިވަނީ އެއީ "ދުނިޔެމަތީގެ ސުވަރުގެ" ކަމަށެވެ.

އަރްބާޒް ޚާން އިންސްޓަގްރާމްގައި ފޮޓޯއެއް އާންމު ކުރުމަށްފަހު ބުނެފައިވަނީ އަމިއްލަފުށި ރިސޯޓަކީ "ދުނިޔޭގެ ބެސްޓް" ކަމަށެވެ. އަދި ރާއްޖޭގައި ހޭދަކުރަމުން ދަނީ ހިތްގައިމު ވަގުތުތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.

@amillafushi

A post shared by Aayush Sharma (@aaysharma) on

އާހިލްގެ އުފަންދުވަސް ފާހަގަކުރުމަށް އަމިއްލަފުށި ރިސޯޓުގައި ވަނީ ކޭކް ފެޅުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އާއިލާގެ ހުރިހާ މެމްބަރުން ބައިވެރިވެ ކުލަގަދަކޮށް އާހިލްގެ އުފަންދުވަސ ްވަނީ ފާހަގަކޮށްފައެވެ. އެކަން ފޮޓޯތަކުންވެސް ހާމަވެގެން ދެއެވެ.

އޭގެ އިތުރުން މޫދު ކުޅިވަރުތަކަށް އެ އާއިލާއިން ޝައުގުވެރިން ހުންނަކަން ފޮޓޯތަކުން ދޭހަވެއެވެ.

#Maldives #AhilBirthday ! #AhilTurns1 #SalmanKhan

A post shared by SALMAN KHAN TEAM