31 Mar 2017, 19:21
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އެޗް1އެން1 އިން ރައްކާތެރިވުމަށްޓަކައި ދިރާގުގެ ހުރިހައި މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ އިންތިޒާމް ދިރާގުން ހަމަޖައްސައިފިއެވެ.
އެކުންފުނީގެ މުވައްޒަފުންނާއި އަދި މުޅި މުޖުތަމައުގެ ދުޅަހެޔޮކަމާއި ރަނގަޅު ސިއްޙަތަކީ އެކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމުގައި ދިރާގުން ބުނެއެވެ.
ދެދުވަހަކަށް ބަހާލައިގެން ވެކްސިން ޖެހުމުގެ ހަރަކާތް އެކުންފުނިން ކުރިޔަށްގެންދިއުމަށް ހަމަޖައްސާފައި ވާއިރު، އިއްޔެ ވަނީ މުވައްޒަފުންނާއި އާއިލާތަކަށް ދިރާގުގެ ހެޑް އޮފީހުގައި ވެކްސިން ޖަހައިދީފައެވެ.

އޭގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލާއި ގުޅިގެން އެ ހޮސްޕިޓަލުގައި މުވައްޒަފުންގެ ތިން އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވަނީ ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.
އެގޮތުން މާދަމާވެސް ދިރާގުގެ ހެޑް އޮފީހުގައި ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދިރާގުގެ ހެޑް އޮފީހުގައި މުވައްޒަފުންނަށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ އިންތިޒާމްވެސް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ.
އަދި މީގެ އިތުރުން އެޗް1އެން1 ވައިރަހާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން އިންތިޒާމުކުރި ކޯލް ސެންޓަރ ޤާއިމުކުރުމަށްވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.