ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރާގުޅޭގޮތުން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާމުންދާކަމަށް އެ މުވައްސަސާއިން ބުނެފިއެވެ.

ސަން އަށް މައުލޫމަތުދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިސަރު ވިދާޅުވީ، ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅޭ ގޮތުން އަޅާންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަަމަށެވެ.

"އެކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން މިދަނީ. މިވަގުތު ހާމަކުރެވެން އޮތީ އެވަރަށް،" މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ނަމަވެސް ކޯޓު އަމުރު ތަންފީޒު ކުރާނެ ވަގުތަކާއި އެކަމާ ގުޅޭ ގޮތުން އަޅަމުންދަނީ ކޮންކޮން ފިޔަވަޅުތަކެއްކަން ހާމައެއް ނުކުރައްވައެއެވެ.

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް ސޮއިކުރައްވައި ރޭ ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުން ހުކުމަކުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށާއި އެ ހުކުމުގެ ބާރު ނަފީވާ ގޮތަށް ހުކުމަށް ކިޔަމަންވެ ތަބާވުމެއް ނެތި ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި ޕީޕީއެމްގެ ނަމުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްއެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށެވެ.

އެފަދަ ކަންތައްތަކަކީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއާ ޚިލާފުވާ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމާ ޚިލާފުވާގޮތަށް ހިންގާ އެފަދަ ކަންތައްތަކަކީ ދައުލަތުގެ "ކިޔާނާއި" އާންމު މަސްލަހަތު ދެމެހެއްޓުމާއި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ޝަރީއަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 184 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ސަލާމަތީ ފަރާތްތައް މެދުވެރިކޮށް ޝަރީއަތުން ހުއްޓުވަންޖެހޭ ކަމެއް ކަމަށް އެ އަމުރުގައިވެ އެވެ.

އެހެންކަމުން ޕީޕީއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގަމުންދާނަމަ އެކަމެއް ހުއްޓުވުމަށާއި ހ. ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައިވާ ދިދަ ނަގައި އެތަނުގައި ޕީޕީއެމްގެ ހަރަކާތެއް ހިންގިޔަ ނުދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައިވެ އެވެ.

ޕީޕީއެމްގައި ރައީސަކު ނެތުމާ އެއްފަދަ ހާލަތެއް އެ ޕާޓީއަށް ކުރިމަތިވެފައިވާ ކަމަށް ބުނެ، އެ ޕާޓީގެ ހިންގުން ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލު ކުރަން ސިވިލް ކޯޓުން އޮކްޓޯބަރު 16، 2016ގައެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ދަމަހައްޓައިފައެވެ. ނަމަވެސް ރައީސް މައުމޫން ގެންދަވަނީ ފާޅުގައި އެ ހުކުމަށް ގޮންޖައްސަވަމުންނެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކާއެކު ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ މަސައްކަތް ފެއްޓެވުމުން، އެ މަނިކުފާނުގެ މައްޗަށް ހަތް ތުހުމަތެއްކޮށް، ޕީޕީއެމްގެ މެމްބަރުކަމުން ވަނީ ައެވެ.

ރައީސް މައުމޫން އިސްކޮށް ހުންނަވައި ގައި ޕާޓީ، ޕީޕީއެމުން އެމަނިކުފާނު ވަކިކުރީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ސުލޫކީ ކޮމެޓީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުގައެވެ.

އަށާރަ ޖެނުއަރީ 2013، ބޭއްވި ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސުން ޕީޕީއެމްގެ ފުރަތަމަ ރައީސަކަށް ކުރި މައުމޫން، އެ ޕާޓީ މެމްބަރުކަމުން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި ނަމަ، އެ ޕާޓީގެ ރައީސްކަމުގެ މަގާމު ވެސް ހުސްވެގެންދާނެ އެވެ.