31 Mar 2017, 10:52
ހޮޓެލް ޖެން އިން ކުރިއަށް ގެންދިޔަ "އާފްޓާ އަވާސް" ފޮޓޯގްރަފީ ޗެލެންޖުގައި އެންމެ ރީތި ފޮޓޯ ހުށަހެޅި ފަރާތަކަށް އަލީ ޝާފީ ހޮވިއްޖެ އެވެ.
އެ ހޮޓެލްގެ ރޫފްޓޮޕް ރެސްޓޯރެންޓު، އަޒޫރްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޝާފީއަށް ވަނީ، އެ މުބާރާތުން އެއް ވަނައަށް ދާ ފަރާތަކަށް ހުށަހެޅި "ހޮޓެލް ޖެން ކުކަރީ ހާބަރ މެލޭޝިއާ"ގައި ފަސް ދުވަހާއި ހަތަރު ރޭ ގެ ހުރުމެވެ.
އެ މުބާރާތަކީ ހޮޓެލް ޖެން އިން ކުރިއަށް ގެންދާ "އާފްޓަރ އަވާސް" ކެމްޕޭނުގެ ދަށުން ބޭއްވި ފޮޓޯ މުބާރާތެކެވެ. އާންމުންނަށް ހުޅުވާލައިގެން އެ މުބާރާތް ކުރިއަށް ގެންދިޔައީ މިމަހުގެ 11 އިން 25 އަށެވެ.

"އާފްޓާ އަވާސް" ފޮޓޯ މުބާރާތަށް ޝާފީ ހުށަހެޅި ފޮޓޯ --
ހޮޓެލް ޖެންގެ މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ މުޙައްމަދު ވިދާޅުވީ "އާފްޓރ އަވަރސް" އަކީ ހޮޓެލް ޖެން ބައި ޝަންގްރިލާ ބްރޭންޑްގެ ބްރޭންޑް ކެމްޕޭނެއް ކަމަށާއި އެ ފޮޓޯގްރަފީ މުބާރާތަކީ އެ ކެމްޕޭނުގެ ދަށުން ހިންގި މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތުގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ބައިވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މުބާރާތަށް 60 އަށް ވުރެ ގިނަ ފަރާތްތަކުން ފޮޓޯ ހުށަހެޅި އެވެ. އަދި މުބާރާތުގެ އެއްވަނަ ލިބުނު ފަރާތް ހޮވާލީ އެންމެ މަޤްބޫލް 10 ފޮޓޯ އެއް ނެގުމަށްފަހު، ވޯޓު ކައުންޓަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓޫރިޒަމަށް ޚާއްސަކޮށްގެން އެ ހޮޓަލުން ކުރިއަށް ގެންދިޔަ އެ މުބާރާތް ހުޅުވާލީ މާލޭގެ ރީތި މަންޒަރެއް ދައްކުވައިދޭ ފޮޓޯ ހުށަހެޅުމަށެވެ. އެ ފޮޓޯ ވާން ޖެހޭނީ ރޭގަނޑު 08:00 އިން ފެށިގެން ހެނދުނު 08:00 އާ ދެމެދު ނަގާފައިވާ ފޮޓޯއަކަށް ވާން ޖެހެ އެވެ.