30 Mar 2017, 15:23
ހައްދުންމަތީ ގަމުގައި ބޭންކް އޮފް މޯލްޑިވްސްގެ ބުރަންޗެއް، އަދި އެ އަތޮޅު ފުނަދޫގައި އެ ބޭންކުގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ހުޅުވައިފި އެވެ.
ލ. ގަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ބީއެމްއެލްގެ ލ. ގަމު ބްރާންޗު ހުޅުވައިދިނީ އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންޑްރޫ ހީލީ ވިދާޅުވީ ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވި، ގަމުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ އެހީތެރިކަން ދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
ލ. ގަމުގައި ހުޅުވި ބީއެމްއެލްގެ ބްރާންޗު ހުޅުވީ މުވައްޒަފުންގެ ޓީމަކާ އެކު، ސެލްފް ސާވިސް އޭޓީއެމް ބަހައްޓާފައިވާ ބްރަންޗެކެވެ.

ލ. ފޮނަދޫގައި ހުޅުވި ބީއެމްއެލް އޭޓީއެމް ސެންޓަރު -- ފޮޓޯ/ ބީއެމްއެލް
މީގެ އިތުރުން، ބީއެމްއެލް އިން މިއަދު ވަނީ ލ. ފޮނަދޫގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ގާއިމުކޮށްފަ އެވެ.
ބޭންކުގެ މި ފެސިލިޓީތަކަކީ، އެ ބޭންކުން ރާއްޖޭގެ މުޖުތަމަޢަށް ކުރާ އިންވެސްޓްމެންޓް ދެގުނައަށް އިތުރުކުރުމާއި އިތުރު 150 ވަޒީފާ އުފެއްދުމަށް އިއުލާންކޮށްފައިވާ އިންވެސްޓްމެންޓް ޕްރޮގްރާމުގެ ދަށުން ހުޅުވި ތަންތަނެވެ.