30 Mar 2017, 12:47
ލ. ފޮނަދޫން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބިދޭސީ މީހާ އަކީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ މިއަދު 12:45 އެހައިކަންހާއިރު ފޮނަދޫ ގޮނޑުދޮށުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އުމުރުން 27 އަހަރުގެ އެ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާތީ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.