ޒުވާން ވިޔަފާރިވެރިންގެ އުފެއްދުމަށް ކުރިއަށްގެންދާ ލޯނު ޕްރޮގްރާމް ކަމަށްވާ، ގެޓްސެޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މިއަދުން ފެށިގެން އެޕްލިކޭޝަން ފޯމް ދޫކުރާ އިރު އަންނަ މަހު 16 އިން ފެށިގެން 27 އަށް ފޯމް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އެފޯމް އިކޮނޮމިކް މިނިސްޓްރީގެ ސައިޓުންނާއި އެމިނިސްޓްރީން ލިބެން ހުންނާނެ އެވެ.

ގެޓްސެޓް އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ:

1-މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް،ބޮޑުތަކުރުފާނު މަގު( ގްރައުންޑް ފްލޯރ އޮފީހުން)

2-ހދ. ކުޅުދުއްފުށި ބިސްނަސް ސެންޓާ،
3-ލ.ފޮނަދޫ ބިސްނަސް ސެންޓާ،
4-ސ. ހިތަދޫ ބިސްނަސް ސެންޓާ
5-ޅ. ނައިފަރު ބިސްނަސް ސެންޓާ
6-ގދ. ތިނަދޫ ބިސްނަސެންޓާ
7-ދ. ކުޑަހުވަދޫ ބިސްނަސް ސެންޓާ
ފަސް އަހަރު ތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.