Back
Nov 23, 2025 SUN
SUN

މަހުލޫފަށް ދެމުންދިޔަ އިނާޔަތްތައް އެއް މަސް ދުވަހަށް ކަނޑާލައިފި

މަހުލޫފަށް ދެމުންދިޔަ އިނާޔަތްތައް އެއް މަސް ދުވަހަށް ކަނޑާލައިފި
Lead photo

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތައް ދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ޖަލުން ދެމުން ދިޔަ އިނާޔަތްތައް އެއް މަސް ދުވަހަށް ކަނޑާލައިފި އެވެ.

މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް މިއަދު ސަން އަށް ވިދާޅުވި ގޮތުގައި އޭނާގެ އިނާޔަތްތައް ކަނޑާލީ އެންމެފަހުން އާއިލާއަށް ގުޅިއިރު ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަތަކެއް ދެއްކެވި ކަމަށް ބުނެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ އެކަން ސަން އަށް ޔަގީންކޮށްދީފަ އެވެ.

އެ ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ އުސޫލުތަކާ ޚިލާފުވުމުން މިއަދުން ފެށިގެން އެއް މަސް ދުވަހަށް މަހުލޫފްގެ އިނާޔަތްތައް ކަނޑާލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މަހުލޫފް ދެއްކެވި ގައުމީ ސަލާމަތަށް ނުރައްކާ ވާހަކަ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށް ގޮވާލާފައިވުމާއި އަދި މަސީހުގެ އިތުބާރު ނެތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ބޭނުންވާތީ އޭނާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ގޮވާލާފައިވުން ކަމަށް އަނބިކަނބަލުން ނަޒްރާ ވިދާޅުވި އެވެ.

އެއް މަސް ދުވަހަށް ކަނޑާލި އިނާޔަތްތަކަކީ އައިލީ ފޯނު ކޯލާއި އާއިލާއާ ބައްދަލުކުރުމާއި އެކަހެރި ބައްދަލުވުންތައް ކަމަށް ނަޒްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފުށީ ޖަލުގައި މަހުލޫފް މިހާރު ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ކަމަށެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ އެއް މައްސަލަ ސާބިތުވެ، އެއް މައްސަލާގައި ހަ މަހަށް އަދި އަނެއް މައްސަލާގައި ހަތަރު މަހަށް މަހުލޫފު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. ހުކުމް ތަންފީޒުކޮށް ނިމޭނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics