Last Updated: 9 year 8 month ago
Last Updated:
9 year 8 month ago
އޭޝިއަން ކަޕް ކޮލިފައިން (ފުލްޓައިމް): ރާއްޖެ 0-3 ފަލަސްތީން
- ގަލޮޅު ދަނޑުން: އަޙްމަދު މުޖްތަބާ، އަލީ ރިފްޝާން، މުހައްމަދު ސަމާހް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން 2018ގައި ރާއްޖެއާއި ފަލަސްތީން ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
މިރޭގެ މެޗަށް ނުކުންނައިރު:
- މިދެޓީމު ވަނީ ދެފަހަރެއްގެ މަތީން ބައްދަލުކޮށްފައި،
- 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ފަލަސްތީނު ވަނީ 2-0 އިން ރާއްޖެ އަތުން މޮޅުވެފައި.
- 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖޭގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެން.
22:55
މެޗު ނިމިއްޖެ. ފަލަސްތީން 3، ރާއްޖެއަށް ލަނޑެއް ނުޖެހޭ.
"+90 - ފަލަސްތީނުން އަނެއްކާ ވެސް ލަނޑެއް ޖަހައިފި. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ، ދެންމެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބޫނާހިއާ.
މެޗުގެ 90 މިނިޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.
"89 - ނާޒިޒުއަށް ރަނގަޅު ފުރުސަތެއް. އީސަ ވަރަށް ރީތިކޮށް ފަލަސްތީން ހާފްގެ މެދެއްހާ ހިސާބުގަހުރި ނާއިޒަށް ދިން ބޯޅަ، ކޮންޓްރޯލް ކޮށްލުމަށްފަހު، އޭނާ މަސައްކަތްކުރީ ޕެނަލްޓީ އޭރިޔުާ ތެރެއަށް ވަންނަނަށް، އެހެން ނަމަވެސް، ބޯޅަ ހިފައިގެން ނުވަދެވި އުޅެނިކޮށް ފަލަސްތީނު ކުޅުންތެރީން ބޯޅަ ދިފާއުކުރީ.
88" ފަލަސްތީނު ޓީމުން ބަދަލެއް. ޔާސިރު އިސްލާމީގެ ބަދަލުގައި ކުޅެން އެރީ އަހްމަދު އަބޫނާހިއާ.
ދަނޑުގެ މެދެއްހާ ހިސާބުން އީސަ ބޯޅަ ހޯދާފައި، ފަލަސްތީނުގެ ހާފްގެ ތެރޭން، ސެންޓޭއަށް ދިން ބޯޅަ ޕެނަލްޓީ އޭރިޔާ ބޭރުން އަރިމަތިން ސެންޓޭ ފޮނުވާލުމުގެ ކުރީން ފަލަސްތީނު ކުޅުންތެރިއަކު ބޯޅަ ބޭރުކޮށްލީ
'82- ފަލަސްތީނުގެ ހާފްގެ ތެރެއިން ޖާބިރަށް ބޮކުރީ ކުރި ފައުލަކާ ގުޅިގެން ފަލަސްތީނަށް ހިލޭ ޖެހުމެއް.
'80- ރާއްޖޭގެ ފަހު ބަދަލު. އުމައިރުގެ ބަދަލުގައި ކުޅެން ނުކުތީ އިސްމާއިލް އީސާ (މެސީ).
މިފަހަރު ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ވެސް ގޯލާ އަމާޒުވެފައެއް ނުވޭ.
'78- ފަލަސްތީނުގެ ހާފްގެ ތެރެއިން ސެންޓޭއަށް ދާވިޝް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް އިތުރު ހިލޭ ޖެހުމެއް.
'76- ފަލަސްތީނުގެ ހާފްގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ޖާބިރުއަށް ރީނދޫ ކާޑެއް ދައްކައި، ރާއްޖެއަށް ހިލޭ ޖެހުމެއް. ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށް.
'75-ފަލަސްތީނަށް ފުރުސަތެއް.އިސްލާމް ދިން ބޯޅައަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ޒޮރިއްލާ ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ.
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗުގެ ތެރޭން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
'74- ރާއްޖެއިން ބަދަލެއް. އަސައްކޮގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ނިޔާޒް (ބޮކުރީ).
'73- ފަލަސްތީނުން ބަދަލެއް. ސެޔާމްގެ ބަދަލުގައި ކުޅެން ނުކުތީ އެލެކްސިސް ނޯރާބުއެނާ.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
'73- ބަތާތު ނަގައިދިން ހުރަސް، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޝާފީ ދިފާއުކޮށްފި. ފަލަސްތީނަށް ކޯނަރެއް.
އަޅުގަނޑުމެން މި މެޗުގެ ކަވަރޭޖް ސަން އޮންލައިންގެ ކިޔުންތެރީންނާ ހަމައަށް ގެނެސްދެމުން ދާއިރު، ސަން ޓީވީން ވެސް ދަނީ މި މެޗު ބެލުންތެރީންނާ ހަމައަށް ގެނެސްދެމުން، އަދި ސަން.އެމްވީ، ސަންސްޕޯޓްސްއެމްވީ ފޭސްބުކް ޕޭޖުން ދަނީ ލައިވްކޮށް މި މެޗު ސްޓްރީމް ކުރަމުން.
'71-ފަލަސްތީނަށް އިތުރު ފުރުސަތެއް.ރިދާތު ދިން ބޯޅަ ރީތިކޮށް ކޮންޓްރޯލްކޮށްލުމަށްފަހު، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިސްލާމް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'69- ފަލަސްތީނުގެ ހާފްގެ ތެރެއިން ތީބުއަށް ދާދު ކުރި ފައުލާ ގުޅިގެން ފަލަސްތީނަށް ހިލޭ ޖެހުމެއް.
'69- އަސައްކޮ ދިން ބޯޅަ ދާދުއަށް ލިބުމުގެ ކުރިން ބަތާތު އެ ބޯޅަ ދިފާއުކޮށްފި.
'68- ސެޔާމް ނަގައިދިން ހުރަސް، ފަލަސްތީނުގެ އެއްވެސް ކުޅުންތެރިޔަކަށް ނުލިބި، ގޯލްކިކަކަށް ބޯޅަ ބޭރުވެއްޖެ.
ރާއްޖޭން މިހާރު ކުޅެމުންދަނީ ބަދަލަކާއެކު. އާއްކޮގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ހަސަން ނާއިޒް (ދާދު).
64-ފަލަސްތީނުން އިތުރު ލަނޑެއްޖަހައި، ލީޑު ފުޅާކޮށްފި.ފަލަސްތީނަށް އެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރިދާތު. އޭނާ އެލަނޑު ކާމިޔާބުކުރިއިރު، އޭނާއާއެކު އިތުރު ދެ ކުޅުންތެރިއެއް ވެސް ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރީ ވަރަށް ހުސްކޮށް.
ސެޔާމް ދިން ބޯޅައަކުން ފަލަސްތީނަށް އެލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ރިދާތު.
61'ފަލަސްތީނުން ލީޑު ހޯދައިފި.
'59- ފަލަސްތީނުން ބަދަލެއް. މުހައްމަދު ޔާމިންގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ރިދާތު.
'57- ފަލަސްތީނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ސަމުއްޓޭ ނަގައިދިން ބޯޅަ ނުރައްކާވުމުގެ ކުރިން ފަލަސްތީނުގެ ޖާބިރު އެ ބޯޅަ ދިފާއުކޮށްފި.
'55- ފަލަސްތީނުން މިސްކޮށްލި ބޯޅައަކުން އެޓީމުގެ ހާފްގެ ތެރެއިން އަސައްކޮއަށް ލިބުނު ބޯޅައިން ކައުންޓާ އެޓޭކުގައި ނުރައްކާކުރުމަށް މަސައްކަތްކުރި ނަމަވެސް، އަސައްކޮ ދިން ބޯޅަ، ސެންޓޭއަށް ނުލިބި އެއްލުމަކަށް ބޯޅަ ބޭރުވެއްޖެ.
ފައިސަލްގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން އެބަދޭ.
'53-ފަލަސްތީނަށް ހުސް ފުރުސަތެއް.ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖޮނަތަން ޒޮރިއްލާއަށް ލިބުނު ބޯޅައިން ޝާފީ ކައިރިން ނައްޓާލުމަށްފަހު އޭނާ އުފެއްދި ހަމަލާ، ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ.
'52- ފަލަސްތީނުގެ ހާފްގެ ތެރެއިން ބަތާތުއަށް އިމްރާން ނަޝީދު ކުރި ފައުލާ ގުޅިގެން ފަލަސްތީނަށް ހިލޭ ޖެހުމެއް.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދަނޑަށް ވަޑައިގެންފި.
'47- އުމައިރު ދިން ބޯޅަ، ސެންޓޭއަށް ލިބުމުގެ ކުރިން ގޯލްކިކްއަކަށް ބޯޅަ ބޭރުވެއްޖެ.
ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.
ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.

ފަލަސްތީންގެ ތިން ކުޅުންތެރީން ކައިރިން ބޯޅަ ހިފައިގެން ދިއުމަށް އަސައްކޮ މަސައްކަތްކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
ފަލަސްތީނުގެ ގޯލާ ދުރުން ސެންޓޭ ފޮނުވާލި ހަމަލާ، ގޯލާ އަމާޒެއް ނުވި. އެ ހަމަލާއާއެކު ފުރަތަމަ ހާފު ނިމިއްޖެ.
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗުގައި ދިވެހި ސަޕޯޓަރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓްގެ ކުޅުން ދައްކައިފި.
'43- ފަލަސްތީނުގެ ހާފްގެ ތެރެއިން ޔާމިންއަށް އިމްރާން ނަޝީދު ކުރި ފައުލަކާ ގުޅިގެން ފަލަސްތީނަށް ހިލޭ ޖެހުމެއް.
'42- ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ސެޔާމް ނަގައިދޭން އުޅުނު ބޯޅަ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށް.
'39- ބަތާތު ދިން ބޯޅަ، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިސްލާމްއަށް ލިބުމުގެ ކުރިން އެންޑީ އެ ބޯޅަ ދިފާއުކޮށްފި.
'33- ފަލަސްތީނު ކުޅުންތެރިއެއް މިސްކޮށްލި ބޯޅައެއް ހިފައިގެން ކައުންޓާ އެޓޭކްގައި ނުރައްކާކުރަން ރާއްޖެއިން މަސައްކަތްކުރި ނަމަވެސް، ސެންޓޭ ދިން ބޯޅަ، އުމައިރުއަށް ނުލިބި އެއްލުމަކަށް ބޭރުވެއްޖެ.
ފަލަސްތީނު ހާފް ތެރެއަށް ބޯޅަ ހިފައިގެން ވަދެގެން ދަނިކޮށް، އެޓީމުގެ 4 ނަންބަރު މިވަނީ އަޑުބަރޭއަށް ފައުލްކޮށްފައި. ރާއްޖެއަށް ޖެހުމެއް.
'31- ބަތާތު ނަގައިދިން ހުރަސް، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނުރައްކާވުމުގެ ކުރިން ޝާފީ ދިފާއުކޮށްފި.
ދަނޑުގެ މެދުރޮނގުމަތީން އަރިމަތީން އަޑުބަރޭ މިވަނީ ފަލަސްތީނު ކުޅުންތެރިއަކަށް ފައުލްކޮށްފައި، ފަލަސްތީނަށް ޖެހުމެއް.
'28- ޝަބަން ދިން ބޯޅަ، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖާބިރުއަށް ނުލިބި ގޯލްކިކްއަަކަށް ބޭރުވެއްޖެ.
'26- ފަލަސްތީނުގެ ޕެނަލްޓީ އޭރިޔާ ބޭރުން އާއްކޮ ބޯޅައެއް ދޭން ޖައްސާލި ނަމަވެސް، ސެންޓޭއަށް އެ ބޯޅަ ލިބުމުގެ ކުރިން ފަލަސްތީނުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.
ފައިސަލަށް ފަރުވާ ދިނުމަށް ފަހު އަލުން ކުޅުން ފަށައިފި.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރާއްޖޭގެ ގޯލް ކީޕަރު ފައިސަލްއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުމުން މިވަގުތު އޭނާއަށް ފަރުވާދެމުން ދަނީ. ފައިސަލަށް އަނިޔާވީ ފަލަސްތީނު ކުޅުންތެރިއަކު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި.
'24- ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ޒޮރިއްލާ ނަގައިދިން ހުރަސް، ކީޕަރު ފައިސަލް ދިފާއުކޮށްފި. އެ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފަލަސްތީނުގެ އިސްލާމްއަށް ވަނީ ފައިސަލްއަށް ފައުލްކުރެވިފައި. ރާއްޖެއަށް ހިލޭ ޖެހުމެއް.
މެޗުގެ 22 މިނިޓްގެ ކުޅުން ނިމުނު އިރު، އަދި އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވޭ.
'22-ފަލަސްތީނަށް ރަނގަޅު ފުރުސަތެއް.ދާވިޝް ދިން ބޯޅައަކުން، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އިސްލާމް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
'18- ބަތާތުއަށް ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލަން ލިބުނު ދެ ފުރުސަތު ވެސް އޭނާ އަތުން ބޭކާރުވެއްޖެ.
'17- އިމްރާން ނަޝީދު ދިން ބޯޅަ، ސަމުއްޓޭއަށް ނުލިބި އެއްލުމަކަށް ބޭރުވެއްޖެ.
ފަލަސްތީނަށް އެންމެ ނުރައްކާކުރާ ދިވެހި ކުޅުންތެރިޔާގެ ގޮތުގައި ފާހަގަވެގެންމިދަނީ ސެންޓޭ.
'15-ހިލޭ ޖެހުމުން ސެންޓޭ ނުރައްކާކޮށްފި.ސެންޓޭ ފޮނުވާލި ހިލޭ ޖެހުން، ފަލަސްތީނުގެ ކީޕަރު ހަމަދާ ވަނީ މަތަކޮށްފަ.
'14- ފަލަސްތީނުގެ ހާފްގެ ތެރެއިން އަޑުބަރޭއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.
'13- ސެންޓޭ ނަގައިދިން ހިލޭ ޖެހުން، ފަލަސްތީނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރުން ދިފާއުކޮށްފި. ރާއްޖެއަށް ކޯނަރެއް. ކޯނަރުން ފަލަސްތީނަށް ނުރައްކަލެއް ނެތް.
'12- ފަލަސްތީނުގެ ހާފްގެ ތެރެއިން ސެންޓޭއަށް ބަތާތު ކުރި ފައުލާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.
'11- ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ފައިސަލްއަށް ތީބު ކުރި ފައުލާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.
'10- ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އައި ބޯޅަ، އެންޑީ ދިފާއުކޮށް، ޕެނަލްޓީއަކަށް ބޭރުކޮށްލައިފި. ކޯނަރުން ފަލަސްތީނަށް ނުރައްކަލެއް ނުކުރެވުނު.
'8- ރާއްޖޭގެ ހާފްގެ ތެރެއިން ބަތާތުއަށް ސަމުއްޓޭ ކައިރިން ނައްޓޭލެވޭގޮތެއް ނުވި.
'8- ޝަބަން ދިން ބޯޅަ، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރި އިސްލާމްއަށް ލިބޭގޮތެއް ނުވި. ރާއްޖެއަށް ގޯލްކިކެއް.
'7- ފަލަސްތީނުގެ ހާފްގެ ތެރެއިން ބަތާތުއަށް އަސައްކޮ ކުރި ފައުލާ ގުޅިގެން ފަލަސްތީނަށް ހިލޭ ޖެހުމެއް.
ގިނަ އަދަދެއްގެ ސަޕޯޓަރުން މިހާރުވެސް ދަނޑަށް ވަދެއްޖެ. އަދި ވެސް ދަނީ ސަޕޯޓަރުން ދަނޑަށް ވަންނަމުން.
6' ފަލަސްތީނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ސެންޓޭ ވަންވަން ދަނިކޮށް، ފަލަސްތީނުގެ ޑިފެންޑަރެއް އެބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފި. ކޯނަރުން ރާއްޖެއަށް ނުރައްކަލެއް ނުކުރެވުނު.
'5- ދާވިޝްއަށް ހުސްކޮށް ހުރެ، އޭނާ ދިން ބޯޅަ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެއްވެސް ކުޅުންތެރިޔަކަށް ނުލިބުނު.
'4- ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބަތޫތު ވަންނަން ދަނިކޮށް، ރާއްޖޭގެ ކެޕްޓަން އަޑުބަރޭ އެ ބޯޅަ ހޯދައިފި.
ފަަލަސްތީނުގެ ހާފްގެ ތެރެއިން ބަތޫތުއަށް އަސައްކޮ ކުރި ފައުލާ ގުޅިގެން ފަލަސްތީނަށް ހިލޭ ޖެހުމެއް.
ސަމޫހު ދިން ބޯޅަ، އުމައިރުއަށް ލިބޭ ގޮތެއް ނުވި، ފަލަސްތީނަށް ގޯލްކިކެއް.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސެންޓޭ ނަގައިދިން ހުރަސް، ލިބޭ ހިސާބުގައި ރާއްޖޭގެ ކުޅުންތެރިއެއް ނެތް.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ފަލަސްތީނުން.
މެޗުގެ ރާއްޖޭގެ ޓީމުން ބޭނުންކުރަނީ ރަތް ޖާޒީ. އަދި ފަލަސްތީނުން ބޭނުންކުރަނީ ހުދު ޖާޒީ.
ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ދަނީ ދަނޑަށް ވަންނަމުން.

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފަލަސްތީނުގެ ބަދަލު ކުޅުންތެރިން:
ތައުފީގް އަބުއްހައްމާދު - ގޯލްކީޕަރު
- މުހައްމަދު ނަތޫރު
- އޮޑޭ އިބްރާހިމް މުހައްމަދު ޑަބާގް
- ތަމޭރް ސަލާހު
- ސަމޭހް މަރާބާ
- އަހްމަދު އަބޫނާހިއާ
- ޖަކާ ހިބައިޝާ
- ގާނިމް މަހަޖްނާ - ގޯލްކީޕަރު
- ޕަބްލޯ ބްރާވޯ
- އަހްމަދު ރިދާތު
- މަޓިއާސް ހަދުވާ
- އެލެކްސިސް ނޮރާބިޖޭނާ

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗުގެ ފަލަސްތީނުގެ ފުރަތަމަ 11--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފަލަސްތީނުގެ ފުރަތަމަ 11:
ހައިތަމް ތީބު
- ޝަދީ ޝަބަން
- މުސްއަބު ބައްތާތު
- ޖޮނަތަން ޒޮރިއްލާ
- ތާމޭރް ސެޔާމް
- ޔާސިރް އިސްލާމް
- އަބްދުﷲ ޖާބިރު
- އަބްދުއްލަތީފް އަލްބަހްދާރީ - ކެޕްޓަން
- މުހައްމަދު ޔާމިން
- ރަމީ ހަމަދާ - ގޯލްކީޕަރު
- މުހައްމަދު ދަރްވިޝް
ދިވެހިރާއްޖޭގެ ބަދަލު ކުޅުންތެރިން:
މުހައްމަދު އިމްރާން - ގޯލްކީޕަރު
- ހިސާމް ސަލީމް
- އިސްމާއިލް އީސާ (މެސީ)
- ހަސަން ނާއިޒް (ދާދު)
- އިބްރާހިމް މަހުދޫ (ފޭދޫ އިއްބެ)
- ހުސައިން ނިޔާޒް (ބޮކުރީ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- މުހައްމަދު ޝަފީއު (ޗެކް) - ގޯލްކީޕަރު
- މުހައްމަދު ރަޝީދު (ހޮކޭ)
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
- ޔަސްފާދު ހަބީބް (މުލަކޭ)
- މުހައްމަދު އައްޒާމް
ދިވެހިރާއްޖޭގެ ފުރަތަމަ 11:
ސަމޫހު އަލީ (ސަމުއްޓޭ)
- އަހްމަދު އަބްދުﷲ (ލިލީ)
- އަހްމަދު އިމާޒް (އާއްކޮ)
- އިމްރާން ނަޝީދު
- އަލީ ފާސިރު (ސެންޓޭ)
- މުހައްމަދު އުމައިރު
- އަސަދުﷲ އަބްދުﷲ (އަސައްކޮ)
- އަސްހަދު އަލީ (އަޑުބަރޭ) - ކެޕްޓަން
- އަމްދާން އަލީ (އެންޑީ)
- އަހްމަދު ޝާފިއު (ޝާފީ)
- މުހައްމަދު ފައިސަލް - ގޯލްކީޕަރު
އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗުގެ ރާއްޖޭގެ ފުރަތަމަ 11--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިހާރު މެޗަށް ތައްޔާރުވުމުގެ ގޮތުން ދެޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުންނަނީ.
މިއީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ ކުޅޭ ފުރަތަމަ މެޗު. ރާއްޖެއާ އެކު ކޮލިފައިން ގްރޫޕްގެ ގްރޫޕް "ޑީ"ގައި ފަލަސްތީނުގެ އިތުރުން ހިމެނެނީ، ބޫޓާން އަދި އޮމާން.