04 Jul 2011, 15:06
ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރާ ފަރާތްތަކަށް ޑިރެކްޓަރުގެ މަގާމު ފުރުއްވޭނީ، ޑިރެކްޓަރުގެ ކަމަށް ޢައްޔަންކުރާތާ ތިން މަސްދުވަހުގެ ތެރޭގައި، ޑައިރެކްޓާސް ޓްރޭނިން ކޯސް ފުރިހަމަކޮށް، ފާސްވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެފަދަ ފަރާތްތައް ބައިވެރިވާން ޖެހޭ ކޯހަކީ ރައީސް އޮފީހާ ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓާސް އެންޑް ސެކްރެޓަރީޒްއިން ހިންގާ ކޯހެއް ކަމަށެވެ.
އަދި ބުނީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ފަރާތްތައްވެސް ތިން މަސް ދުވަހުގެ ތެރޭ، ކޯސް ފުރިހަމަކޮށް ފާސްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.