އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއުލާންކޮށްފިއެވެ.

އަންނަ އަންގާރަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗަށް ފުރަތަމަ ނެގި 29 ކުޅުންތެރިންގެ ސްކޮޑު ވަނީ 24 ކުޅުންތެރިންނަށް ކުޑަކޮށްފައެވެ.

ރާއްޖޭގެ ގައުމީ ޓީމުން ފުރަތަމަ ނެގި ސްކޮޑުން ބާކީކޮށްފައިވަނީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިޔަކާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިޔަކާއި، ކްލަބު ވެލެންސިއާގެ ކުޅުންތެރިޔަކާއި، ކްލަބު އީގަލްސްގެ ދެ ކުޅުންތެރިންނެވެ.

ސްކޮޑުން ބާކީކުރި ކުޅުންތެރިންނަކީ ގްރީން ސްޓްރީޓްސްގެ މުހައްމަދު ނިޒާމް (ނިޒާމްބެ)އާއި، މާޒިޔާގެ ގާސިމް ސައްމާމް (ސައްމޭ)އާއި، ވެލެންސިއާގެ ކީޕަރު ހަސަން ޠަލާލްއާއި، އީގަލްސްގެ އަހްމަދު ޒާދު އަދި އެޓީމުގެ ރިހާމް އަބްދުލްޣަނީ (ބޮބީ) އެވެ.

ގައުމީ ޓީމުގެ ފައިނަލް ސްކޮޑު:

މާޒިޔާ

  • އަމްދާން އަލީ (އެންޑީ)

  • އަހްމަދު އިމާޒް (އާއްކޮ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • އަސްހަދު އަލީ (އަޑުބަރޭ)
  • މުހައްމަދު އުމައިރު
  • ޔަސްފާދު ހަބީބު (މުލަކޭ)
  • ސަމޫހު އަލީ (ސަމުއްޓޭ)
  • ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)

ޓީސީ

  • މުހައްމަދު އައްޒާމް

  • ހަސަން ނާއިޒް (ދާދު)
  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)
  • އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)

ވެލެންސިއާ

  • ޝާފިއު އަހްމަދު (ޝާފީ)

  • މުހައްމަދު ފައިސަލް – ގޯލްކީޕަރު
  • ހިސާމް ސަލީމް

އީގަލްސް

  • އިމްރާން ނަޝީދު

  • މުހައްމަދު ޝަފީއު (ޗެކް) - ގޯލްކީޕަރު

ވިކްޓަރީ

  • މުހައްމަދު އިމްރާން – ގޯލްކީޕަރު

  • އިސްމާއިލް އީސާ (މެސީ)

ނިއު ރޭޑިއަންޓް

  • ހަމްޒާ މުހައްމަދު (ހަމްޕު)

  • މުހައްމަދު ރަޝީދު (ހޮކޭ)
  • އަލީ ފާސިރު (ސެންޓޭ)
  • އަހްމަދު އަބްދުﷲ (ލިލީ)

ގްރީން ސްޓްރީޓްސް

  • މުހައްމަދު ސާއިފް