އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރު ވުމުގެ ގޮތުން ބާއްވާ ފަރިތަކުރުންތައް މިއަދު ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އަންނަ އާދީއްތަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ތައްޔާރު ވުމުގެ ގޮތުން މިއަދު ފަށާ ފުރަތަމަ ފަރިތަކުންތައް އޮންނާނީ ހެންވޭރު ދަނޑުގަ އެވެ. ފަރިތަކުރުތައް ފަށާނީ ހަވީރު 4:00 ޖަހާއިރު އެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. މި މަހުގެ 23 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރަށުން ބޭރުގައި ފުރަތަމަ ލެގު ކުޅުމަށް ފަހު، 28 ވަނަ ދުވަހު ދެވަނަ ލެގު ކުޅޭނީ މާލޭގަ އެވެ.

އިންޑިޔާއާއި ދެކޮޅަށް ދިވެހި ޓީމް ކުޅޭ އެކުވެރި ކަމުގެ މެޗަށް ދިވެހި ޓީމްގެ ފައިނަލް ސްކޮޑް ނަގާފައި ވާއިރު، ހުނަރުވެރި ފޯވާޑް އަދި ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ނަގައިފައެއް ނުވެ އެވެ. ސްކޮޑުން ދަނގަދޭ ބާކީ ކޮށްފައިވަނީ ދާދި ފަހުން ބޭއްވި ކުލަބް މޯލްޑިވްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ލިބުނު އަނިޔާއިން މުޅިން ރަނގަޅު ނުވާތީ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

އިންޑިއާއި ދެކޮޅަށް ދިވެހި ޓީމް ކުޅޭ ފައިންލަ ސޮކޮޑް އިއްޔެ އިއުލާން ކުރި އިރު، ދަނގަޑޭގެ އިތުރުން ވެލެންސިޔާގެ އާދަމް ޝާހިރުގެ ނަން ވެސް ވަނީ ސްކޮޑުން އުނިކޮށްފަ އެވެ. އެ ދެކުޅުންތެރިން އުނިކޮށްލި އިރު ނިއުގެ ޑިފެންޑަރު ސޮބާހް މުޙައްމަދު (ސޮބާ) އާއި މާޒިޔާގެ ގޯލްކީޕަރު އަހުމަދު އާތިފް (އާތީ) ވަނީ ސްކޮޑަށް ނަގާފަ އެވެ.