Last Updated: 9 year 8 month ago
Last Updated:
9 year 8 month ago
ހުރިހާ މެޗެއް ކާމިޔާބުކޮށް، ތުރުކުމަނިސްތާން ސީދާ ފައިނަލަށް
- ޒުވާނުންގެ މަރުކަޒުން: އަލީ ރިފްޝާން، މުހައްމަދު ސަމާހް، އަހްމަދު މުޖްތަބާ
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!
މިއަދު ހަވީރު 4:00ގައި ސޯޝަލް ސެންޓަރުގައި ކުޅޭ މެޗަށް ދެ ޓީމު ނުކުންނައިރު:
މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރާއްޖޭގެ ޓީމަށް މުބާރާތުން ކުރިއަށްދިއުމަށް އޮތީ ހަނި ފުރުސަތެއް. އެހެންކަމުން މިމެޗުން މޮޅުވުން ރާއްޖޭގެ ޓީމަށް މަޖުބޫރު.
- ރާއްޖޭގެ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައި. ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލް އަތުން ވަނީ ބަލިވެފައި.
- ތުރުކުމަނިސްތާން ކުޅުނު ދެ މެޗުން އެޓީމު ވަނީ މޮޅުވެފައި. އެހެންކަމުން މިމެޗުން މޮޅުވެގެން އެޓީމަށް ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެ.
- ތުރުކުމަނިސްތާން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން މޮޅުވިއިރު، އިއްޔެ ކުޅުނު މެޗުގައި އެޓީމު ވަނީ ކިރްގިސްތާން ބަލިކޮށްފައި.
ތުރުކުމަނިސްތާނުން މިވަނީ ރާއްޖެ ކަޓުވާލައި، ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި.
20-25 އިން ތުރުކުމަނިސްތާނުން ސެޓު ކާމިޔާބުކޮށްފި.
ރާއްޖޭގެ ނިލާމްގެ ބަދަލުގެ ވިޝާމް، ބަޓިސްގެ ބަދަލުގައި ލޯންގޭ ކުޅެން އަރައިފި.
ހުޒާމްގެ ހަމަލާއަކުން ރާއްޖެއަށް ޕޮއިންޓެއް. 23-19އިން ތުރުކުމަނިސްތާން ކުރީގައި.
ނިލާމްގެ ހަމަލާއަކުން ރާއްޖެއަށް އިތުރު ޕޮއިންޓެއް ހޯދައިދީފި. 22-18 އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާންގެ ޖާޒީ ނަންބަރު 9ގެ ހަމަލާ ރާއްޖޭގެ ކޯޓުގެ މެދަށް. ސްކޯއަކީ 21-17، ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނަށް ޕޮއިންޓެއް. 20-17 އިން ތުރުކުމަނިސްތާން ކުރީގައި.
ނިލާމްގެ ދެވަނަ ހަމަލާއިން ވެސް ޕޮއިންޓެއް. 19-17 އިން ތުރުކުމަނިސްތާން ކުރީގައި.
ނިލާމްގެ ފުރަތަމަ ހަމަލާއިން ރާއްޖެއަށް ޕޮއިންޓެއް. 19-16 އިން ތުރުކުމަނިސްތާން ކުރީގައި.
ރާއްޖެއަށް ޕޮއިންޓެއް. 15-19އިން ތުރުކުމަނިސްތާން ކުރީގައި.
ލޯންގޭގެ ބަދަލުގައި ބަޓިސް. ވިޝާމްގެ ބަދަލުގައި ނިލާމް ކުޅެން އަރައިފި. މިއީ މިމެޗުގައި ނިލާމް ކުޅުމުގެ ތެރެއިން ފެންނަ ފުރަތަމަ ފަހަރު.
ލޯންގޭގެ ހަމަލާ ތުރުކުމަނިސްތާންގެ ބްލޮކްގައި ޖެހި ބޭރަށް. 13-18 އިން ތުރުކުމަނިސްތާން ކުރިގައި.
ތުރުކުމަނިސްތާނަށް ޕޮއިންޓެއް. 18-12އިން ތުރުކުމަނިސްތާން ކުރީގައި.
އަހުސަންއާއި ބަޓިސް ގިނަވަގުތު ފެންނަމުންދަނީ ބެންޗުން.
ތުރުކުމަނިސްތާންގެ ޖާޒީ ނަންބަރު 13 ފޮނުވާލި ބާރު ހަމަލާއަކުން ޕޮއިންޓެއް. 16-12އިން ތުރުކުމަނިސްތާން ކުރީގައި.
ލޯންގޭގެ ހަމަލާއަކުން ރާއްޖެއަށް ޕޮއިންޓެއް.
ތުރުކުމަނިސްތާންގެ ހަމަލާ ރާއްޖޭގެ ކޯޓުގެ ތެރެއަށް.
ލޯންގޭގެ ހަމަލާ ތުރުކުމަނިސްތާންގެ ބްލޮކްގައި ޖެހިފައި ބޭރަށް. 14-11އިން ތުރުކުމަނިސްތާން ކުރީގައި.
ހުޒާމްގެ ހަމަލާ، ބޭރަށް. 14-10 އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނުން ތިން ޕޮއިންޓްގެ ލީޑެއް ހޯދައިފި.
ތުރުކުމަނިސްތާނަށް ޕޮއިންޓެއް. 12-10 އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާންގެ 5 ނަންބަރުގެ ހަމަލާއަކުން އެޓީމަށް ޕޮއިންޓެއް.
ތުރުކުމަނިސްތާނުން ދެ ޕޮއިންޓްގެ ލީޑެއް ހޯދައިފި. 10-8 އިން ތުރުކުމަނިސްތާން ކުރީގައި.
ކާއްޓޭގެ ދެވަނަ ސާވިސް ބޭރަށް.
ކާއްޓޭގެ ސާވިސްއިން ރާއްޖެއަށް ޕޮއިންޓެއް. 8-8އިން މިހާރު އެއްވަރު.
ލޯންގޭގެ ހަމަލާ، ތުރުކުމަނިސްތާންގެ ބްލޮކްގައި ޖެހި ބޭރަށް. ރާއްޖެއަށް ޕޮއިންޓެއް.
މި މެޗުގައި ރާއްޖޭން ލިބަރޯއެއްގެ ގޮތުގައި ބޭނުންކުރަނީ އަލީ ޖަވާމް. ކުރިން ދެ މެޗުގައި ފެނިގެންދިޔައީ ޖުނައިދު.
ތުރުކުމަނިސްތާނުން ފަހަތުންއަރައި ލީޑު ނަގައިފި. މިހާރު ސްކޯއަކީ 6-8، ތުރުކުމަނިސްތާން ކުރީގައި.
ރޮޓޭޝަންގެ މައްސަލައަކާ ގުޅިގެން ތުރުކުމަނިސްތާނަށް ޕޮއިންޓެއް. 6-6 އިން ނަތީޖާ އެއްވަރު.
ތުރުކުމަނިސްތާންގެ ހަމަލާ، ލޯންގޭއަށް ރިސީވްއެއް ނުކުރެވުނު.
ފައިރޫޒަށް އަނިޔާވީ ތުރުކުމަނިސްތާންގެ ހަމަލާއެއް ބްލޮކްކުރަން އުޅުމުގެ ތެރޭގައި. ފައިރޫޒްގެ ބަދަލުގައި ކުޅެން ނުކުތީ އަނިލް.
ފައިރޫޒަށް އަނިޔާވެގެން ކުޅުން މެދުކަނޑާލައިފި.
ރާއްޖޭގެ ކުޅުނު ދެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިޔާ ނިލާމަށް އަދި ފުރުސަތުދީފައެއް ނުވޭ.
ތުރުކުމަނިސްތާންގެ ޓައިމްއައުޓެއް. 3-6އިން ރާއްޖެ ކުރީގައި.
މިހާރު ރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމުގެ އެއްވެސް ފުރުސަތެއް ނެތް.
ކާއްޓޭގެ ހަމަލާއިން ރާއްޖެއަށް ޕޮއިންޓެއް.
ރާއްޖޭގެ ހުޒާމްގެ ސާވިސް ވެސް ބޭރަށް.
ތުރުކުމަނިސްތާނުގެ ކެޕްޓަންގެ ސާވިސް ބޭރަށް.
ފުރަތަމަ ޕޮއިންޓް ރާއްޖެއަށް.
ތިންވަނަ ސެޓު ފެށީ ރާއްޖެއިން.
ތުރުކުމަނިސްތާނުން ދެ ޕޮއިންޓް ހޯދައި، ދެވަނަ ސެޓު ވެސް ތުރުކުމަނިސްތާނުން ހޯދައިފި. ތުރުކުމަނިސްތާނުން ދެވަނަ ސެޓު ގެންދިޔައީ 25-15 އިން.
ރާއްޖޭގެ ސާވިސް ބޭރަށް. 23-15އިން ތުރުކުމަނިސްތާން ކުރީގައި.
ފައިރޫޒްގެ ހަމަލާ، ތުރުކުމަނިސްތާނުގެ ކޯޓުގެ ތެރެއަށް. 22-15 އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނުން އިތުރު ޕޮއިންޓެއް ހޯދައިފި. 14-22 އިން ތުރުކުމަނިސްތާން ކުރީގައި.
ރާއްޖޭގެ ޓީމުން ގޯހެއް، 14-21އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާންގެ ޓައިމް އައިޓެއް. ސްކޯއަކީ 14-20، ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާންގެ ހަމަލާ ރާއްޖޭގެ ބްލޮކްގައި ޖެހި ތުރުކުމަނިސްތާންގެ ކޯޓުގެ ތެރެއަށް.
ތުރުކުމަނިސްތާންގެ 7 ނަންބަރުގެ ސާވިސް ނެޓަށް. 12-20 އިން ތުރުކުމަނިސްތާން ކުރީގައި.
ރާއްޖެ ކުރިން ކުޅުނު ދެ މެޗާ ހިލާފަށް މިއަދުގެ މެޗުގައި ތަރުހީބު ދިނުމަށް އައިސްފައިވަނީ ވަރަށް މަދު އަދަދެއްގެ ސަޕޯޓަރުން.
ކާއްޓޭގެ ރަނގަޅު ހަމަލާއެއް. ސްކޯއަކީ 11-18، ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނުން އަށް ޕޮއިންޓްގެ ލީޑެއް ނަގައިފި.
ތުރުކުމަނިސްތާނަށް ޕޮއިންޓެއް.
ލޯންގޭގެ ބާރު ހަމަލާ ތުރުކުމަނިސްތާންގެ ބްލޮކްގައި ޖެހި ބޭރަށް. ރާއްޖެއަށް ޕޮއިންޓެއް.
ތުރުކުމަނިސްތާނަށް އިތުރު ޕޮއިންޓެއް. 16-8 އިން ތުރުކުމަނިސްތާން ކުރީގައި.
ފައިރޫޒްގެ ސާވިސް ބޭރަށް. ތުރުކުމަނިސްތާން ހަތް ޕޮއިންޓްގެ ލީޑެއްގައި.
ކާއްޓޭގެ ހަމަލާ ތުރުކުމަނިސްތާންގެ ބްލޮކްގައި ޖެހި ރާއްޖޭގެ ކޯޓަށް.
ތުރުކުމަނިސްތާންގެ ހަމަލާ ލޯންގޭގެ އަތުގައި ޖެހި ބޭރަށް. ތުރުކުމަނިސްތާނަށް ޕޮއިންޓެއް. ސްޚޯއަކީ 7-13 އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނަށް ޕޮއިންޓެއް.
ރާއްޖެއަށް ޕޮއިންޓެއް. 7-11އިން ތުރުކުމަނިސްތާން ކުރީގައި.
ލޯންގޭގެ ހަމަލާއިން ރާއްޖެއަށް ޕޮއިންޓެއް. 6-11އިން ތުރުކުމަނިސްތާން ކުރީގައި.
ފައިރޫޒްގެ ހަމަލާ ބޭރަށް. 11-5އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނުން ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފި.
ލޯންގޭގެ ހަމަލާ ތުރުކުމަނިސްތާންގެ ކޯޓު ތެރެއަށް. ސްކޯއަކީ 5-9، ތުރުކުމަނިސްތާން ކުރީގައި.
ހުޒާމްގެ ހަމަލާ ތުރުކުމަނިސްތާންގެ ބްލޮކްގައި ޖެހި ރާއްޖޭގެ ކޯޓު ތެރެއަށް.
އަހުސަންގެ ސާވިސް ނެޓަށް. 8-4އިން ތުރުކުމަނިސްތާން ކުރީގައި.
ރާއްޖެއަށް ޕޮއިންޓެއް. 7-4އިން ތުރުކުމަނިސްތާން ކުރީގައި.




ރާއްޖެއަށް ޕޮއިންޓެއް. 5-2އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނަށް އިތުރު ޕޮއިންޓެއް. 5-1 އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނުން ތިން ޕޮއިންޓްގެ ލީޑެއް ހޯދައިފި. 1-4އިން ތުރުކުމަނިސްތާން ކުރީގައި.
ބެކް ކޯޓުން ކާއްޓޭގެ ހަމަލާ ކާމިޔާބު. 1-2 އިން ތުރުކުމަނިސްތާން ކުރީގައި.
ހުޒާމްގެ ހަމަލާވެސް ތުރުކުމަނިސްތާންގެ ބްލޮކްގައި ޖެހި ރާއްޖޭގެ ކޯޓު ތެރެއަށް.
ލޯންގޭގެ ސާވިސް ތުރުކުމަނިސްތާންގެ ބްލޮކްގައި ޖެހި ރާއްޖޭގެ ކޯޓު ތެރެއަށް.
ތުރުކުމަނިސްތާންގެ ސާވިސްއިން ދެވަނަ ސެޓު ފަށައިފި،
ފުރަތަމަ ސެޓު ތުރުކުމަނިސްތާނަށް. އެޓީމު ސެޓު ހޯދީ 25-22 އިން.
ރާއްޖޭގެ ހަމަލާއެއް ބޭރަށް ކަމަށް ރެފްރީ ނިންމީ. ނަމަވެސް ޓަޗްއައުޓްއެއް ކަމަށް ބުނެ، ރާއްޖެއިން ހިތްހަމަނުޖެހުން ފާޅުކުރި.
ތުރުކުމަނިސްތާނަށް ޕޮއިންޓެއް. 22-24 އިން ތުރުކުމަނިސްތާން ކުރީގައި.
ރާއްޖެއަށް އިތުރު ޕޮއިންޓެއް. 22-23 އިން ތުރުކުމަނިސްތާން ކުރީގައި.
ފައިރޫޒްގެ ހަމަލާއަކުން ރާއްޖެއަށް ޕޮއިންޓެއް.
ކާއްޓޭގެ ސާވިސް ބޭރަށް. 23-20 އިން ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާންގެ ހަމަލާއެއް ބޭރަށް. 20-22 އިން ތުރުކުމަނިސްތާން ކުރީގައި.
ބަޓިސްގެ ބަދަލުގެ ވިޝާމް ކުޅެން އަރައިފި.
ރާއްޖޭގެ ޓައިމް އައުޓެއް. މިހާރު ސްކޯއަކީ 22-18އިން ތުރުކުމަނިސްތާން ކުރީގައި.
ލޯންގޭގެ ސާވިސް ބޭރަށް.
ތުރުކުމަނިސްތާނުގެ ސާވިސް ބޭރަށް.
ތުރުކުމަނިސްތާނަށް ޕޮއިންޓެއް. 20-17 އިން ތުރުކުމަނިސްތާން ކުރީގައި.
ލޯންގޭގެ ހަމަލާއިން ރާއްޖެއަށް ޕޮއިންޓެއް. 17-19 އިން ތުރުކުމަނިސްތާން ކުރީގައި.
ހުޒާމްގެ ބަދަލުގައި އަޝްފާގު ކުޅެން ނުކުމެއްޖެ.
ހުޒާމްގެ ހަމަލާއެއް. 18-16 އިން ތުރުކުމަނިސްތާން ކުރީގައި.
ރާއްޖޭގެ ޓައިމްއައުޓެއް.
ތުރުކުމަނިސްތާނުން އިތުރު ދެ ޕޮއިންޓް ހޯދައިފި. 18-15އިން ތުރުކުމަނިސްތާން ކުރީގައި.
ރާއްޖެއަށް ޕޮއިންޓެއް. މިހާރު ސްކޯއަކީ 16-15، ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނަށް ޕޮއިންޓެއް. މިހާރު ސްކޯއަކީ 16-14، ތުރުކުމަނިސްތާން ކުރީގައި.
ހުޒާމްގެ ހަމަލާއަކުން ރާއްޖެއަށް ޕޮއިންޓެއް. 14-13 އިން ތުރުކުމަނިސްތާން ކުރީގައި.
ބަޓިސްއަށް ލިބުނު ބޯޅަ އޭނާ ވައްޓާލީ ތުރުކުމަނިސްތާނުގެ ކޯޓުގެ ތެރެއަށް. ރާއްޖެއަށް ޕޮއިންޓެއް.
ލޯންގޭގެ ސާވިސް މިފަހަރު ނެޓަށް. ތުރުކުމަނިސްތާނަށް ޕޮއިންޓެއް.
ލޯންގޭ ސާވިސްއިން ޕޮއިންޓެއް ހޯދައިދީފި. މިހާރު ސްކޯއަކީ 13-11، ތުރުކުމަނިސްތާން ކުރީގައި.
ލޯންގޭގެ ބާރު ހަމަލާ ތުރުކުމަނިސްތާންގެ ރިސީވްގައި ޖެހި ބޭރަށް.
ތުރުކުމަނިސްތާންގެ ސާވިސް ބޭރަށް. 12-9 އިން ތުރުކުމަނިސްތާން ކުރީގައި.
ކާއްޓޭގެ ހަމަލާ، ތުރުކުމަނިސްތާނުގެ ކޯޓުގެ ތެރެއަށް. މިހާރު ސްކޯއަކީ 8-11އިން ތުރުކުމަނިސްތާން ކުރީގައި.
ފުރަތަމަ ޓެކްނިކަލް ޓައިމް އައުޓަށް މެދުކަނޑާލައިފި.
ލޯންގޭގެ ހަމަލާ ބޭރަށް. މިހާރު ސްކޯއަކީ 8-4، ތުރުކުމަނިސްތާން ކުރީގައި.
ކާއްޓޭގެ ޝޮޓް ތުރުކުމަނިސްތާނުގެ ބްލޮކްގައި ޖެހިފައި ބޭރަށް. ތުރުކުމަނިސްތާން ކުރީގައި އޮތީ 7-4 އިން.
ރާއްޖެ އަދި ތުރުކުމަނިސްތާންގެ ސާވިސްއެއް މިސްވެއްޖެ. މިހާރު ސްކޯއަކީ 6-2. ކުރީގައި އޮތީ ތުރުކުމަނިސްތާން.
ތުރުކުމަނިސްތާނުން އިތުރު ޕޮއިންޓެއް ހޯދައިފި. ރާއްޖޭގެ ކުޅުންތެރިންނަށް އެ ބޯޅަ ރިސީވް ކުރެވިފައެއް ނުވޭ.
ރާއްޖެއިން ފުރަތަމަ ޕޮއިންޓް ހޯދައިފި. މިހާރު ސްކޯއަކީ 4-1. ތުރުކުމަނިސްތާން ކުރީގައި.
ތުރުކުމަނިސްތާނުގެ ބާރު ހަމަލާ، ރާއްޖޭގެ ކޯޓުގެ ތެރެއަށް.
ކުޅުން ފަށައިފި. ފުރަތަމަ ތިން ޕޮއިންޓް ތުރުކުމަނިސްތާނަށް.
ތުރުކުމަނިސްތާންގެ ސްޓާޓިން ޕްލޭޔާސް:
އަރްތޯވް
- އަތޭވް
- ގުލޭވް
- ގިލިޗްރްދޭވް
- ނުރޭވް ދަވުތް
- ޔަޒްގުލޭވް
- ކަލަންދަރޯވް
- ނުރޭވް
- އޮވެޒޯވް
- މޮހައްމަތެގުލްޔޭވް
- ގަރްބަނޯވް
- ނުރްވޭވް ދިދާރް
ރާއްޖޭގެ ސްޓާޓިން ޕްލޭޔާސް:
މުހައްމަދު އަހުސަން
- އާދަމް ފައިރޫޒް
- އަހްމަދު އަނިލް ނަސީރު
- އިޝާން މުހައްމަދު (ބަޓިސް) - ކެޕްޓަން
- އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)
- އަހްމަދު އަބްދުލްކަރީމް (ލޯންގޭ)
- ހަސަން ނިލާމް
- އަލީ ހުޒާމް
- ހުސައިން ވިސާމް
- އާދަމް ނަސީމް
- އަސްފާގު އާދަމް (އައްކަޅޭ)
- އަހްމަދު ފާޒިލް
- ޖުނައިދު އަބްދުﷲ - ސްޓާޓިން ލިބަރޯ
- ޖަވާމް އަލީ - ދެވަނަ ލިބަރޯ
- ކޯޗު: މުހައްމަދު ޝަރަފް
މިއަދުގެ މެޗަށް ރާއްޖޭގެ ޓީމުގެ ސްޓާޓިން ޕްލޭޔާސްގެ ތެރެއިން އަހްމަދު އަބްދުލްކަރީމް (ލޯންގޭ)އަށް ފުރުސަތުދީފައިވޭ.