26 Mar 2017, 13:25
އިއްޔެ އަވަހާރަވި، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވި ހ. ޝޭޑީގްރޯ ކދ. އަހްމަދު މަނިކުގެ ކަށުނަމާދު މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
ސަރުކާރުގެ އިސް މަގާމުތަކެއް މީގެ ކުރިން އަދާކުރެއްވި ކދ. އަހްމަދު މަނިކު އިއްޔެ އިރުއޮއްސި 6:15 ހާ އިރު، އުމުރުފުޅުން 80 އަހަރުގައި އަވަހާރަވީ ހިތުގެ ބައްޔަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫއިން ފަރުވާ ހޯއްދަވަނިކޮށް ގެންދަވަނިކޮށެވެ.
އެމަނިކުފާނުގެ މޫނުދެއްކުން މިއަދު މެންދުރުފަހު 1:00 އިން 3:00 އަށް އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. އަދި ކަށުނަމާދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
ކދ. އަހްމަދު މަނިކު ފަސްދާނުލާނީ ހުޅުމާލޭގައެވެ.
އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، އަތޮޅުވެރިކަމުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރުކަމާއި ކޮމިޝަނާ އޮފް އިލެކްޝަންސްގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.