އޭނާގެ ކޮންމެ ހެދުމަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ، ބޮލީވުޑުގެ ސްޓައިލް އައިކޮން، ސޯނަމް ކަޕޫރުގެ ހެދުންތަކާއި އަތް ދަބަސްތައް ނީލަމުގައި ވިއްކާލުމަށް ނިންމައިފި އެވެ.

ސޯނަމްގެ ގިނަ އަދަދެއްގެ ހެދުންތައް ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައި ވަނީ، އިންޑިއާ އިން ބަނޑުހައިހޫނުކަން ފިލުވާލަން މަސައްކަތް ކުރަމުން އަންނަ އެންޖީއޯއެއް ކަމުގައިވާ، ފައިޓް ހަންގަރ ފައުންޑޭޝަން އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

އެ ފައުންޑޭޝަންގެ ގުޑްވިލް އެމްބެސެޑަރަކަށް ސޯނަމް ހަމަޖައްސާފައި ވަނީ މިދިޔަ އަހަރު އެވެ.

ސޯނަމްގެ ހެދުންތަކާއި ދަބަސްތައް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ބައެއް، ކުޑަކުދިން ކެންސަރުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަޑްލްސް ފައުންޑޭޝަނަށް ވެސް ދިނުމަށް ވަނީ ނިންމައިފައެވެ.

ނީލަމުގައި ވިއްކާލަން ނިންމާފައި ވަނީ ހެދުމާއި ދަބަސް ހިމެނޭ ގޮތުން ޖުމްލަ 12 އައިޓަމް އެވެ.