25 Mar 2017, 19:56
ދިވެހި ދައުލަތަށް ގިނަގުނަ ހިދުމަތްތަކެއްކޮށްދެއްވި ކާފުދާލު އަހުމަދު މަނިކު އަވަހާރަވެއްޖެ އެވެ.
އެމަނިކުފާނު އަވަހާރަވީ ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު އިރުއޮއްސި 6:15 އެހާކަންހާއިރު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.
އެމަނިކުފާނުގެ މޫނު ދެއްކުން އޮތީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަހުމަދު މަނިކުގެ މޫނު ދެކިލުމަށް، ގިނަ ބަޔަކު ދަނީ އޭޑީކޭއަށް ޖަމާވަމުންނެވެ.
ކާފުދާލު އަހުމަދު މަނިކަކީ ރައީސް މައުމޫންގެ ސަރުކާރުގައި އިލެކްޝަން ކޮމިޝަނަރުއެވެ. އޭނާ އަކީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ.