25 Mar 2017, 13:38
ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ ދަށުން ހިންގާ، ޓީވީއެމް އިމާރާތުގެ ބޭރު ފާރުގައި ފިޔާތޮށި ކުލަ އިއްޔެ ލެވުނީ އެކަން ހަވާލުވި ފަރާތްތަކަށް އެރި އޮޅުމަކުން ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ފާރުގެ ފިޔާތޮށި ކުލަ ލާން ފެށީ އިއްޔެ އެވެ. ނަމަވެސް ރެއިން ފެށިގެން ވަނީ އެކުލަބަދަލުކޮށް، ފިޔާތޮށި ކުލަ މަތީގައި ނޫކުލަ ލާން ފަށައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަމުން ހަލީލް ވިދާޅުވީ ޕީއެސްމެގެ ދަށުން ހިންގާ ހުރިހާ ބިލްޑިންގެ މެއިންޓެނަސް މަސަތްކަތްކުރުމަށް އޮންނާނީ ޓީމެއް ހަމަޖައްސާފައި ކަމަށާއި އެކި މަސަތްކަތް ކުރަމުންދާނީ ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެކި ފަރާތްތަކާ ހަވާލުކުރެވިގެން ކަމަށެވެ.
"ޓީވީއެމް ބޭރުގައި ލާ ފައި ހުރީ މެނޭޖްމަންޓުން ލާން ހަމަޖެއްސި ކުލަ ނޫންް އެހެން ކުލައެއް. މެނޭޖްމަންޓްގެ މަސަތްކަތްކުރާ މީހުންގެ ލޮލަށް އެހެން ކުރިއަށްދާ ތަން ފެނުނީމަ ކުލަ ބަދަލުކުރީ،" ހަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީވީއެމް ފާރުގައި ފިޔާތޮށި ކުލަ ލެވުނު ސަބަބެއް އިނގޭނީ އެކަން ބެލުމަށް ފަހު ކަމަށެވެ.
ޓީވީއެމްގެ އިތުރުން ޕީއެސްއެމްގެ ދަށުން ހިނގަމުުން އަންނަ ރޭޑިއޯ މޯލްޑިވެސްގެ ފާރުގައި ވެސް ލާފައި ވަނީ ނޫ ކުލަ އެވެ.