މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.

މިއަދު 10:00 ކަންހާއިރު މާލޭގެ އެކި އަވަށްތަކުގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓްގޮސްފައެވެ.

ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓާ އަބްދުﷲ ނާޒިރު ސަން އަށް ވިދާޅުވީ ކަރަންޓް ކެނޑުނީ ދެ އިންޖީނު ފެއިލްވެގެން ކަމަށާއި ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ކަރަންޓް ދެވޭނެ ކަމަށެވެ.

"ރީސުޓޯ ކުރުމުގެ މަސައްކަތް އެދަނީ ކުރަމުން، ކުޑައިރުކޮޅެއްގެ ތެރޭގައި ކަރަންޓްދެވޭނެ،" ނާޒިރު ވިދާޅުވިއެވެ.

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުމާއެކު ބައެއް ގެތަކަށް ފެން ނުލިބުމުގެ މައްސަލަވެސް އަންނަނީ ކުރިމަތިވަމުންނެވެ.

އެމްޑަބްލިޔުއެސްސީއާއި ނުގުޅޭތީ އެކަމުގެ ތަފްސީލެއްވެސް ލިބޭގޮތެއްނުވެއެވެ.