ވިލިމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެގޭބޮޑު ބައެއް އަނދައިފިއެވެ.

ރޭދަންވަރު 2:15 ކަންހާއިރު ހިނގި ހާދިސާގައި އެނދީ ވިލިމާލޭގައި ތިން ބުރިއަށް ހަދާފައި ހުންނަ "ދަންމާނު" ގެއެވެ.

އެހާދިސާގައި މީހަކަށް އަނިޔާ ނުވިނަމަވެސް ގިނަ ބަޔަކު ދިރިއުޅޭ އެ ގެ ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

އެމްއެންޑީއެފްއިން އަލިފާން ނިއްވަން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓުރޯލްވީ ރޭ 3.44 ކަންހާއިރުއެވެ.

އެހާދިސާ ހިނގަން މެދުވެރިގޮތް ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.