ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ބޮޑު މެޗްގައި މިރޭ އޭވައިއެލް ބަލިކޮށް ލީގުގެ ތިން ވަނަ ބުރު ވެލެންސިޔާއިން ކަށަވަރު ކުރިއިރު، އޭވައިއެލް ރެލިގޭޝަން ކުޅެން ޖެހިއްޖެ އެވެ.

ލީގުގެ ގަދަ ހަޓީމް ތިން ވަނަ ބުރައްދާ މިމުބާރާތުގެ ފަހު މެޗްގައި އޭވައިއެލް އާއި ދެކޮޅަށް މިރޭ ވެލެންސިޔާ ކުޅުނު ފަހު މެޗް 2-1 ލަނޑުން ކާމިޔާބު ކުރީ ވެލެންސިޔާއިންނެވެ.

މެޗްގެ ފުރަތަމަ ހާފު ފަށައިގެން ފުރަތަމަ 45 ވަނަ މިނެޓުގައި ދެ ޓީމް ކުރެ އެއް ޓީމަކަށް ވެސް، ގޯލެއް ކާމިޔާބު ނުކުރެވި ނިންމާލަން ޖެހުނު، މެޗްގެ ފުރަތަމަ ލަނޑު ޖަހާ ވެލެންސިޔާއިން ލީޑް ނަގައިދިނީ އަހުމަދު ރިލްވާން (ރިލޭ) އެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ވެލެންސިޔާއިން މެޗްގެ ލީޑް ނެގުމުން އޭވައެލްއަށް ޖެހުނީ ދެ ގުނައިތުރަށް މަސައްކަތް ކުރާށެވެ.

މެޗުން ބަލިވެ، ނުވަތަ އެއްވަރު ވެއްޖެ ނަމަ ރެލިގޭޝަނަށް ވެއްޓުމުގެ ބިރު ހީވެފައިވާ އޭވައިއެލްއަށް ހިތް ހަމަޖެހުން ގެނެސްދީ ނަތީޖާ ހަމަހަމަ ކޮށްދިނީ އިމްރާން ނަޝީދެވެ. މެޗްގެ 88 ވަނަ މިނެޓުގައި އޭވައިއެލް އިން ލަނޑު ޖަހާފައި ވަނީ އޭވައެލްގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ވެލެންސިޔާގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ފަރުވާ ހޯދުމަށް ދަނޑުން ބޭރުގައި ހުއްޓަ އެވެ.

މެޗުން މޮޅުވި ލަނޑު ވެލެންސިޔާއަށް އިތުރު ވަގުތު ކޮޅުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ އަސަދުﷲ އެވެ.

ޖުމްލަ އަށް ޓީމް ވާދަކުރި ދެވަނަ ބުރުގެ ފަހު މެޗު ވެލެންސިޔާއިން ކާމިޔާބު ކުރިއިރު، ލީގް ތާވާލްގައި އެޓީމް މިހާރު އޮތީ 15 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނާގަ އެވެ. ރެލިގޭޝަނަށް ވެއްޓުނު އޭވައިއެލް 11 ޕޮއިންޓާއެކު ހަތް ވަނާގައި އޮތް އިރު، ލީގު ގެ އެއްވަނާގައި އަދި ވެސް އޮތީ ހުސްވި އަހަރުގެ ޗެމްޕިއަން ވީބީއެވެ. ތިރީސް ޕޮއިންޓާއެކު ދެ ވަނާގައި އޮވެ ވިކްޓަރީ ދެވަނަ ބުރު ނިންމާލި އިރު ނިއު ރޭޑިއަންޓު އޮތީ 24 ޕޮއިންޓާއެކު ތާވާލްގެ ތިން ވަނާގައެވެ.

ދެ ވަނަ ބުރު ނިންމާލި އިރު ރެލިގޭޓުވި ވިޔެންސާއަށް ލިބިފައިވާ ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި ކޮންމެ ޓީމެއް ވެސް ޖުމްލަ 14 މެޗް ކުޅުނެވެ.