އިންފުލުއެންޒާ ރޯގާއާ ގުޅިގެން ސިވިލް ސާވިސްގެ މުއްޒަފުންގެ ތެރެއިން މާބަނޑު މީހުން ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ދިން ޗުއްޓީ ނިންމާލައިފި އެވެެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ، މާބަނޑު މުވައްޒަފުން މަސައްކަތަށް ނުނިކުންނަ ގޮތަށް އެ ކޮމިޝަނުން އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

އިންފުލުއެންޒާ ރޯގާގެ އެންމެ ސީރިއަސް ނުރައްކާތެރި ހަލާތް މެދުވެރިވާ ކެޓަގަރީތަކުގެ ތެރޭގައި މާބަނޑު މީހުން ހިމެނޭތީ މިމަހުގެ 16 ވަނަ ދުވަހު އެ ކޮމިޝަނުން ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން މާބަނޑު މީހުން ވަޒީފާއަށް ގޮތަށް ހަމަޖައްސައިފަ އެވެ.

އެކޮމިޝަނުން ބުނެފައި ވަނީ އޮފީހަށް ނުނިކުތަސް އެ ދުވަސްތަކުގެ މުސާރަ ލިބޭނެ ކަމަށެވެ.

އިންފުލުއެންޒާ ރޯގާގެ ސަބަބުން ސަރުކާރާއި އަމިއްލަ ބައެއް އޮފީސްތަކުގެ މާބަނޑު މުވައްޒަފުންނަށް ވެސް ވަގުތީ ޗުއްޓީ ދީފަ އެވެ.