Back
Nov 23, 2025 SUN
SUN

އެމްއެންޔޫގެ ކިޔެވުން އަންނަ ހަފްތާގައި ފަށަނީ

އެމްއެންޔޫގެ ކިޔެވުން އަންނަ ހަފްތާގައި ފަށަނީ
Lead photo

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ)ގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

މިދިޔަ ހަފްތާގައި ގައުމީ ޔުނިވާސިޓީގެ ކިޔެވުން މެދުކަނޑާލީ ފެތުރެމުންދާ ރޯގާއާ ގުޅިގެންނެވެ. މިހަފްތާއަކީ މިޑްޓާމް ބަންދެވެ.

ގައުމީ ޔުނިވާސިޓީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އެ ޔުނިވާސިޓީގެ ކިޔަވައިދިނުން ފަށަން ނިންމާފައިވާ ކަމަށެވެ.

އަންނަ ހަފްތާގައި ސްކޫލުތަކުގެ ކިޔެވުމާއި އިސްލާމިކް ޔުނިވާސިޓީގެ ކިޔެވުން ފެށުމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމުމަށް ވަނީ ނިންމައިފަ އެވެ.

ރޯގާ ފެތުރުން ކޮންޓުރޯލް ކުރުމަށް ޓަކައި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ގޭގައި ތިބުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރެ އެވެ. ރޯގާގައި ތިން މީހަކު ރާއްޖެ އިން މަރުވެފައިވާ އިރު ގިނަ ބަޔަކު ދަނީ ފަރުވާހޯދަމުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics