22 Mar 2017, 21:35
އިނިގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެއެވެ.
އިނގިރޭސި ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ބުނީ، ވެސްޓްމިންސްޓަރ ހަމަލާ ފެށުނީ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ހުރި ފުލުހަކަށް މީހަކަ ވަޅިން ހަމާލާ ދިނުމުގެ ސަބަބުން ކަމަށެވެ. އެ ހަމަލާ ދިން މީހާއަށް ފުލުހުން ވަނީ ބަނޑިން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.
އިނގިރޭސި ފުލުހުން ވަނީ އެ ހަމަލާގެ އިތުރު ތަފްސީލެއް ލިބެންދެން ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ދިން ބަޑީގެ ހަމަލާތަކުގައި ޒަހަމްވީ މީހުންނަށް އެހީތެރިވަނީ --- ފޮޓޯ: އޭޕީ
ބީބީސީގައި ވާގޮތުން، އެ ހަމަލާ ދިންމީހާ ހަމަލާއަށް ފަހު، ކާރަކަށް އަރައިގެން ވެސްޓްމިންސްޓަރ ބްރިޖްމަތީން ދިޔައިރު، އެ ބްރިޖްމަތީން ހިނގާފައި ދިޔަ އެތަކެއް ބައެއްގެ ގައިގައި ޖައްސައި ގިނަ ބަޔަކު ވަނީ ޒަޚަމްކޮށްލައިފައެވެ.
ކާރުން ޖެއްސުމުގެ ސަބަބުން ޒަޚަމްވި އަންހެނަކު މަރުވެފައިވާ ކަމަށްވެސް ބީބީސީން މައުލޫމާތުދެއެވެ.
ހަމަލާ ހިނގި ވަގުތު އިނގިރޭސި ބޮޑު ވަޒީރު ތެރެސާ މޭ ހުންނެވީ ގާނޫނު ހަދާ މަޖިލީހުގައެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އެކަމަނާގެ ސެކިއުރިޓީން ވަނީ އެ ސަރަހައްދުން އެކަމަނާ ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ދިން ބަޑީގެ ހަމަލާތަކުގައި ޒަހަމްވީ މީހުންނަށް އެހީތެރިވަނީ --- ފޮޓޯ: އޭޕީ
ގާނޫނު ހަދާ މަޖިލީހުގެ އެތެރޭގައި ތިބި ބައެއް މެމްބަރުންނާ ހަވާލާދީ އިނގިރޭސި މީޑައާތަކުން ރިޕޯޓްކުރި ގޮތުގައި ތިނެއް ނުވަތަ ހަތަރު ފަހަރު ބަޑީގެ އަޑު އެ މެމްބަރުންނަށް އިވުނެވެ.
އިނގިރޭސި ފުލުހުން ވަނީ، ވެސްޓްމިނިސްޓަރ ސަރަހައްދު އެއްކޮށް ސާފުކޮށް، އެ ސަރަަހައްދަށް ދަތުރުކުރެވެން އޮތް މަގުތައް ވެސް ބަންދުކޮށްފައެވެ.