Last Updated: 9 year 8 month ago
Last Updated:
9 year 8 month ago
އޭވީސީ ސެންޓްރަލް ޒޯން (ތިންވަނަ ސެޓު): ރާއްޖެ 0-3 ކިރްގިސްތާން
- ޒުވާނުންގެ މަރުކަޒުން: އަލީ ރިފްޝާން، މުޙައްމަދު ސަމާހް، އަހްމަދު މުޖްތަބާ
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ފުރަތަމަ މެޗުގައި ދިވެހިރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!
މިއަދު ހަވީރު ފެށޭ މުބާރާތުގެ ފުރަތަމަ މެޗުގައި 16:00ގައި ވާދަކުރާނީ ރާއްޖެއާއި ކިރްގިސްތާން.
- ރާއްޖެއާއި ކިރްގިސްތާނުގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރަނީ ތުރުކުމެނިސްތާނާއި ނޭޕާލް.
- ރާއްޖެއިން ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ލޯ މެޑައްޔެއް ހޯދައި، 2015 ވަނަ އަހަރުގެ މުބާރާތުގައި ރިހި މެޑައްޔެއް ހޯދާފައި.
- މިމުބާރާތުގެ ފައިނަލަށް އެއްކޮޅުން ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު. އަނެއް ކޮޅުން ފައިނަލުގައި ވާދަކުރާނެ ޓީމެއް ކަށަވަރުވާނީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމު. ފައިނަލު އޮންނާނީ މާޗް މަހުގެ 29 ވަނަ ދުވަހު.
މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުވެސް އިރާދަކުރެއްވިއްޔާ ސަން ސްޕޯޓްސް އިން ސަންގެ ކިޔުންތެރީންނާ ހަމައަށް ގެނެސްދޭނަން.
ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށް.
މުބާރާތުގެ ފުރަތަމަ މެޗު ކިރްގިސްތާނުން މިވަނީ ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް، ފެށުން ރަނގަޅުކޮށްފައި.
ފުރަތަމަ ދެ ސެޓާ އަޅައިބަލާއިރު ތަފާތު ބޮޑުކޮށް މިސެޓް މިދިޔައީ.
ކިރްގިސްތާނުން މި ސެޓްވެސް ގެންދިޔައީ.
އަނެއްކާވެސް ރާއްޖެއަށް ޕޮއިންޓެއް. 20-24
އަނެއްކާވެސް ރާއްޖެއަށް ޕޮއިންޓެއް. 19-24. ކިރްގިސްތާނުން ޓައިމްއައުޓެއް.
ވިޝާމްގެ ރީތި ބްލޮކެއް. ރާއްޖެއަށް 18
ކިރްގިސްތާންގެ 7 ނަންބަރުގެ ބާރު ޝޮޓަކާއެކު މިހާރު 24-17
ޓައިމްއައުޓަށް ފަހު ކުޅެން އަރައިފި.
އަނެއްކާވެސް ކިރްގިސްތާނަށް ޕޮއިންޓެއް، ސްކޯ 23-17. ރާއްޖޭން ޓައިމްއައުޓެއް.
ކިރްގިސްތާންގެ 7 ނަންބަރުގެ ބާރު ޝޮޓަކާއެކު ނަތީޖާއަކީ 22-17
ސާޖިދުގެ ސާރވިސް ބޭރަށް. ސްކޯ 21-16
ސާޖިދުގެ ސަޅި ސާރވިސްއެއް. ބޯޅަ ދިޔަގޮތަށް ކިރްގިސްތާނު ކޯޓުތެރެއަށް. ސްކޯ 15-20
ރާއްޖެއަށް ޕޮއިންޓެއް. ސްކޯ 14-20. ކިރްގިސްތާނުން ޓައިމްއައުޓެއް.
ސާޖިދު ނެގި ސާރވިސް ނެޓްގައި ޖެހިފައި ކިރްގިސްތާންކޯޓަށް. ސްކޯ 13-20
ކިރްގިސްތާން ކުރީގައި މިއޮތީ 8 ޕޮއިންޓުގެ ތާފަތުގައި.
ރާއްޖޭ ޓީމުން ނިލާމްގެ ބަދަލުގައި ލޯންގޭ ކުޅެން އަރައިފި
ކިރްގިސްތާން 8 ނަންބަރުގެ ވަރުގަދަ ހަމަލާއެއް. ސްކޯ 18-11
ފައިރޫޒްގެ ރަނގަޅު ހަމަލާއަކާއެކު މިހާރު ސްކޯއަކީ 11-17
ރާއްޖޭ ޓީމުން ދެ ބަދަލެއް. އިޝާންގެ ބަދަލުގައި ވިޝާމް. ސާޖިދުގެ ބަދަލުގައި އަޝްފާގު
ކުރިން ދިޔަ ދެ ސެޓާ ޚިލާފަށް މިސެޓް މިދަނީ ކިރްގިސްތާން ކުރީގައި އޮވެގެން. ހުޒާމް އަތުން މިސްވި ދެވަނަ ބޯޅައާއެކު މިހާރު ސްކޯއަކީ 16-10.
ޓައިމްއައުޓަށް ފަހު ކުޅެންފެށީ ކިރްގިސްތާނުން، އެޓީމުގެ 7 ނަންބަރު ފޮނުވާލި ބޯޅަ ހުޒާމް އަތުގައި ޖެހިފައި ބޭރަށް. ސްކޯ 14-10
ރާއްޖޭ ޓީމުން ޓައިމްއައުޓެއް. ސްކޯ 10-13. ކިރްގިސްތާން ކުރީގައި
ކިރްގިސްތާނަށް އަނެއްކާވެސް ޕޮއިންޓެއް. ސްކޯ 12-10
ކިރްގިސްތާނުގެ ހަމަލާ ރާއްޖޭގެ ބްލޮކްގައި ޖެހިފައި ބޭރަށް. ސްކޯ 11-9
ކިރްގިސްތާނުގެ ސާރވިސް ބޭރަށް. ސްކޯ 9-10
ކިރްގިސްތާނަށް އަނެއްކާވެސް ޕޮއިންޓެއް. ސްކޯ 10-8
ކެޕްޓަން އިޝާންގެ ސާރވިސް ވެސް ނެޓަށް. ސްކޯ 9-8
ކިރްގިސްތާނުގެ 8 ނަންބަރު ފޮނުވާލި ސާރވިސް ބޭރަށް. ސްކޯ 8-8
ޓެކްނިކަލް ޓައިމްއައުޓަށް ފަހު ކުޅެން ފަށައިފި.
ސެޓްގެ ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓް. މިހާރު ސްކޯއަކީ ރާއްޖެ 7- ކިރްގިސްތާން 8
ކިރްގިސްތާނުގެ ހަމަލާ ރާއްޖޭ ކޯޓުގެ މެދުތެރެއަށް ވެއްޓުނީ. އެ ބޯޅަ ނެގޭތޯ ފައިރޫޒް މަސައްކަތްވެސް ކުރި.
ސާޖިދުގެ ހަމަލާއާއެކު ނަތީޖާ އެއްވަރު ވެއްޖެ. 7-7
ދެ ސެޓާއެކު ކުރީގައި މިއޮތީ ކިރްގިސްތާން.
ކިރްގިސްތާން 9 ނަންބަރުގެ ސާރވިސް ނެޓަށް. އަދި އެއާއެކު ސާޖިދު ނެގި ސާރވިސް ވެސް ނެޓަށް. ސްކޯ 5-7
ރާއްޖޭ ޓީމަށް އިރުޝާދުދެމުން ދަނީ މިހާތަނަށް ވޮލީން ރާއްޖޭ ހޯދި ހަމަ އެކަނި ރިހި މެޑަލް ހޯދައިދިން ކޯޗް މުޙައްމަދު ޝަރަފް.
ނިލާމްގެ ޝޮޓް ބްލޮކްގައި ޖެހިފައި ރާއްޖެއަށް ޕޮއިންޓެއް. 4-5
ކިރްގިސްތާން 9 ނަންބަރުގެ ހަމަލާއެއް. 4-3
މިފަހަރު ސާޖިދު ފޮނުވާލި ހަމަލާ ކާމިޔާބުވެއްޖެ. ސްކޯ 3-3
ސާޖިދު ފޮނުވާލި ބާރު ހަމަލާ ނެޓަަށް. ސްކޯ 3-2
ކިރްގިސްތާން 9 ނަމްބަރުގެ ހަމަލާއާއެކު އެޓީމަށް ޕޮއިންޓެއް. ސްކޯ 2-2
ކިރްގިސްތާން 7 ނަންބަރުގެ ދެވަނަ ސާރވިސް ބޭރަށް. ނަތީޖާ 1-1
ކިރްގިސްތާނުގެ ބާރު ސާރވިސް ރާއްޖޭ ކޯޓުތެރެއަށް.
ތިންވަނަ ސެޓް ފަށަނީ. ކިރްގިސްތާނުން.
މި މެޗު އަނބުރާލުމަށްޓަކައި ރާއްޖެ އެބަ ޖެހޭ ކުރިއަށް އޮތް ސެޓް ގެންނަން. އެނޫނީ ކިރްގިސްތާން ކޮޅަށް މެޗު ނިމޭނެ.
ވާދަވެރި ކުޅުމަކަށް ފަހު ކިރްގިސްތާނުން ދެވަނަ ސެޓްވެސް ގެންގޮސްފި 31-33
ކިރްގިސްތާނަށް އަނެއްކާވެސް ޕޮއިންޓެއް. 31-32އިން ކިރްގިސްތާން ކުރީގައި.
ކިރްގިސްތާންގެ 5 ނަންބަރުގެ ސާވިސް ނެޓަށް. ސްކޯއަކީ 31-31.
ބަޓިސްގެ ސާރވިސް ނެޓަށް. ކިރްގިސްތާން ކުރީގައި ސްކޯ 31-30
ނަތީޖާ ހަމަހަމަކޮށްފި. ސްކޯއަކީ 30-30.
ފައިރޫޒްގެ ބަދަލުގައި އަޝްފާގު ކުޅެން އަރައިފި.
ހުޒާމްގެ ހަމަލާ ބޭރަށް. 29-30އިން ކިރްގިސްތާން ކުރީގައި.
ފައިރޫޒްގެ ސަރވިސް ބޭރަށް. ނަތީޖާ 29-29.
ސާޖިދުގެ ވަރުގަދަ ހަމަލާއަކުން ރާއްޖެ ކުރީގައި. ރާއްޖެއިން ބޭނުންވަނީ އެންމެ ޕޮއިންޓެއް. 28-29 އިން ރާއްޖެ ކުރީގައި.
ކިރްގިސްތާން 7 ނަންބަރުގެ ސާރވިސް އަނެއްކާވެސް ނެޓަށް. ނަތީޖާ 28-28
ކިރްގިސްތާން ކުރީގައި. ހަތް ނަންބަރު ފޮނުވާލި ހަމަލާ، ރާއްޖޭގެ ބްލޮކްގައި ޖެހިފައި ދިޔައީ ބޭރަށް.
އަނެއްކާވެސް ނަތީޖާ ހަމަހަމަ. ސްކޯ 27-27
ކިރްގިސްތާން ޓީމަށް ލީޑު ލިބިއްޖެ. 26-27 އިން ކިރްގިސްތާން ކުރީގައި.
ލޯންގޭގެ ބާރު ސާރވިސް ބޭރަށް.
ރާއްޖެއިން އަނެއްކާވެސް ކުރި ހޯދައިފި. ސާޖިދުގެ ބާރު ހަމަލާއެއް. 25-26އިން ރާއްޖެ ކުރީގައި.
ކިރްގިސްތާނުން ބަދަލެއް. 4ގެ ބަދަލުގައި ނަންބަރު 12 ކުޅެން ނުކުމެއްޖެ.
ދިގު ރެލީއަކަށް ފަހު އަނެއްކާވެސް ނަތީޖާ ހަމަހަމަ. ސްކޯ 25-25.
ކިރްގިސްތާނުގެ 11 ނަންބަރުގެ ސާވިސް ނެޓަށް. ރާއްޖެއަށް ބޭނުންވަނީ އެންމެ ޕޮއިންޓެއް. ސްކޯއަކީ 25-24، ރާއްޖެ ކުރީގައި.
ކިރްގިސްތާނުން ރާއްޖޭގެ ޝޮޓް ބްލޮކްކޮށް ނަތީޖާ ހަމަހަމަކޮށްފި. 24-24
ކިރްގިސްތާނުން ޕޮއިންޓެއް. ސްކޯ 23-24
ކުޅުމުގެ ފޯރި ވަރަށް ގަދަވެއްޖެ. ކިރްގިސްތާނުން ޓައިމްއައުޓެއް.
ކިރްގިސްތާނުން ކުޅުން ފަށައިފި. ރާއްޖެއަށް ޕޮއިންޓެއް. 24-22 އިން ރާއްޖެ ކުރީގައި.
ކޯޓުތެރޭގައި ފިނިހޫނު މިނުގެ ސަބަބުން ކިރްގިސްތާން ކުޅުންތެރީންނަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވޭ.
ރާއްޖޭ ޓީމުން ޓައިމްއައުޓެއް ނަގައިފި.
ކިރްގިސްތާނުން ފަރަގު ކުޑަކޮށްފި. 22-23، އަދިވެސް ރާއްޖެ ކުރީގައި.
މިހާރު ނަތީޖާއަކީ ރާއްޖެ 23 ކިރްގިސްތާން 21
ކިރްގިސްތާނުން ބަދަލެއް. 10 ނަންބަރުގެ ބަދަލުގައި ކުޅެން ނުކުތީ 9 ނަންބަރު.
ޓައިމްއައުޓަށް ފަހު ކުޅެން ފަށައިފި.
ކިރްގިސްތާނުން ޓައިމްއައުޓެއް.
ސާޖިދުގެ ބާރު ހަމަލާ ކިރްގިސްތާނުގެ ކޯޓު ތެރެއަށް. ސްކޯއަކީ 23-20، ރާއްޖެ ކުރީގައި.
ރާއްޖެއަށް ޕޮއިންޓެއް. ސްކޯ 22-20
ވިސާމްގެ ބަދަލުގައި އިޝާން ކުޅެން އަރައިފި.
ދިވެހި ސަޕޯޓަރުން ދަނީ ކެނޑި ނޭޅި ތަރުހީބު ދެމުން.
ކިރްގިސްތާންގެ ނަންބަރު 5ގެ ހަމަލާއެއް. 20-21އިން ރާއްޖެ ކުރީގައި.
ރާއްޖޭ ޓީމުގައި ހުރި އެންމެ ތަޖްރިބާކާރު ކުޅުންތެރިއާ ލޯންގޭގެ ފަރާތުން ވަރުގަދަ ޝޮޓެއް. ސްކޯ 20-19
ކިރްގިސްތާނަށް އަނެއްކާވެސް ޕޮއިންޓެއް. ސްކޯ 18-19
ސާޖިދު ވަރަށް ރީތިކޮށް ބަލާލާފައި ކިރްގިސްތާން ކޯޓަށް ބޯޅަ ވައްޓާލީ. ސްކޯ 19-17.
ރާއްޖޭ ޓީމުން ބަދަލެއް. ނިލާމްގެ ބަދަލުގައި ލޯންގޭ
ރާއްޖޭ ޓީމުން ބަދަލެއް. ނިލާމްގެ ބަދަލުގައި ލޯންގޭ
އަނެއްކާވެސް ނިލާމްގެ ބާރު ޝޮޓެއް. ސްކޯ 18-16
ކިރްގިސްތާން 6 ނަންބަރުގެ ހަމަލާއެއް، ސްކޯ އަކީީ 16-17
ރާއްޖެއަށް އިތުރު ޕޮއިންޓެއް. ސްކޯ 17-15
އިޝާންގެ ސާރވިސް ވަރަށް ފަސޭހަކޮށް ރިސީވް ކޮށްފައި ކިރްގިސްތާނުން ފޮނުވާލި ބާރު ހަމަލާ ދިފާއެއް ނުކުރެވުނު. ސްކޯ 16-15.
ކިރްގިސްތާންގެ 12 ނަންބަރު ފޮނުވާލި ސާރވިސް ނެޓަށް. ޓެކްނިކަލް ޓައިމްއައުޓެއް. ސްކޯ އަކީ ރާއްޖެ 16 ކިރްގިސްތާން 14.
ދެޓީމުން މިދަނީ ވަރަށް ހަމަހަމަކޮށް. ފުރަތަމަ ސެޓްގައި ވެސް ފަހަތުން އަރައި ކިރްގިސްތާން ސެޓު ގެންދިޔައީ.
ރާއްޖޭން ހަމަލާއެއް. މިހާރު ސްކޯ 14-13.
ސާޖިދުގެ ބާރު ސާރިވސް ދިފާއުކޮށް ކިރްގިސްތާނުން ފޮނުވާލި ބާރު ޝޮޓް ރާއްޖޭގެ ބްލޮކްގައި ޖެހިފައި ބޭރަށް. ސްކޯ 12-13
ކިރްގިސްތާނުން ބަދަލެއް. 9 ނަންބަރުގެ ބަދަލުގައި ކުޅެން އެރީ 10 ނަންބަރު.
ނިލާމްގެ ސާރވިސް ބޭރަށް. ސްކޯ 11-12
ރާއްޖޭއަށް އިތުރު ޕޮއިންޓެއް. 12-10
ކިރްގިސްތާނުން ޕޮއިންޓެއް. ސްކޯ 10-11.
އަނެއްކާވެސް ކިރްގިސްތާން 6 ނަންބަރުގެ ޝޮޓެއް. އެޓީމުގެ 7 ނަންބަރާއި 6 ނަންބަރުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަނީ. ސްކޯ 9-11.
ކިރްގިސްތާންގެ ހަމަލާއެއް. 6 ނަންބަރު ފޮނުވާލި ވަރަށް ބާރު ޝޮޓެއް. ރާއްޖޭ ކޯޓުރެއަށް. ސްކޯ 7-10
ހުޒާމްގެ ބާރު ޝޮޓަކާއެކު އަނެއްކާ ވެސް ރާއްޖެއަށް ޕޮއިންޓެއް. ސްކޯ 9-6.
ދެވަނަ ޓެކްނިކަލް ބްރޭކަށް ފަހު ކުޅުން ފަށަނީ. ރާއްޖޭ ޓީމުން.
ހުޒާމްގެ ބާރު ހަމަލާއަކާއެކު ނަތީޖާ އަކީ 8-6. މިހާރު ޓެކްނިކަލް ބްރޭކެއް އަނެއްކާވެސް.
ކިރްގިސްތާން ކުޅުންތެރީން ވަރަށް ބަލާލާފައި ރާއްޖޭ ކޯޓު ތެރެއަށް ނެޓް ކައިރިއަށް ފަސޭހަ ބޯޅައެއް ވައްޓާލީ.
އަހްސަނު ފޮނުވާލި ރީތި ހަމަލާއެއް ކިރްގިސްތާން ކުޅުންތެރީންނަށް ދިފާއު ނުކުރެވިގެން ގޮސް ވެއްޓުނީ. ސްކޯއަކީ 7-5
ކިރްގިސްތާން 7 ނަންބަރު ފޮނުވާލި ސާރވިސް ނެޓަށް.
ކިރްގިސްތާން ކޯޓުގެ ހުސްތަން ބަލާާލާފައި ސާޖިދު ވަރަށް ރަނގަޅު ބޯޅައެއް އެއްލީ. ރާއްޖެ 5- ކިރްގިސްތާން 3.
އަނެއްކާވެސް ނިލާމްގެ ބާރު ޝޮޓެއް. ސްކޯއަކީ 4-2
ނިލާމްގެ ހަމަލާ ކިރްގިސްތާންގެ ބްލޮކްގައި ޖެހިފައި ބޭރަށް. ސްކޯއަކީ 3-2
ސާޖިދުގެ ރަނގަޅު ހަމަލާއެއް. މިހާރު ސްކޯއަކީ 2-1
ކިރްގިސްތާންގެ 7 ނަންބަރު ފޮނުވާލި ބާރު ހަމަލާ ރާއްޖޭ ކުޅުންތެރީންނަށް ދިފާއެއް ނުކުރެވުނު. ސްކޯއަކީ 1-1
ފުރަތަމަ ޕޮއިންޓް ރާއްޖެއަށް. ސާޖިދު ފޮނުވާލި ބޯޅަ ކިރްގިސްތާން ކުޅުންތެރިއެއްގެ އަތުގައި ޖެހިފައި ބޭރަށް ދިޔައީ.
ރާއްޖޭ ޓީމުން ދެވަނަ ސެޓް ފަށަނީ ހުޒާމްގެ ސާރވިސްއަކުން.
މިހާރު ދެވަނަ ސެޓް ފަށަނީ.
އެންމެ ފަހުން ރާއްޖެއާ ކިރްގިސްތާން ބައްދަލުކުރި ފަހަ ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފައި. އެއީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ޗެމްޕިއަންޝިޕްގައި.
ފުރަތަމަ ސެޓްގައި ރާއްޖޭގެ ޒުވާން ކުޅުންތެރީންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ކިރްގިސްތާނުން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް ތަޖްރިބާގެ ބޭނުން ކޮށްފައި.
ވާދަވެރި ކުޅުމަކަށް ފަހު ކިރްގިސްތާން މިވަނީ ފަހަތުން އަރައި ފުރަތަމަ ސެޓް ކާމިޔާބުކޮށްފައި.
ސާޖިދުގެ ހަމަލާއާއެކު މިހާރު ނަތީޖާއަކީ ރާއްޖެ 22، 24 ކިރްގިސްތާން.
ކިރްގިސްތާނުން އަނެއްކާވެސް ޕޮއިންޓެއް. މިހާރު ސްކޯއަކީ 24-21.
ކިރްގިސްތާނުން ނެގި ޓައިމްއައުޓަށް ފަހު، ރާއްޖޭ ޓީމުން ބަދަލެއް. އަހްސަންގެ ބަދަލުގައި ކުޅެން އެރީ އަޝްފާގު
ރާއްޖޭގެ އަހަން ފޮނުވާލި ބާރު ހަމަލާއާއެކު ރާއްޖެއަށް ޕޮއިންޓެއް. 21؛23 ކިރްގިސްތާން ކުރީގައި.
ކިރްގިސްތާން ޓީމުން ރަނގަޅު ބްލޮކެއް. ސާޖިދު ފޮނުވާލި ބާރު ޝޮޓް ކިރްގިސްތާން ބްލޮކްގައި ޖެހިފައި ރާއްޖޭ ކޯޓު ތެރެއަށް. ސްކޯ 23-20
ރާއްޖޭ ޓީމުން ނިލާމްގެ ބަދަލުގައި ލޯންގޭ ކުޅެން އަރައިފި. މިހާރު ސްކޯއަކީ، ކިރްގިސްތާން 22، ރާއްޖެ 20
ޓައިމްއައުޓަށފަހު ފަށައިފި. ނިލާމް ފޮނުވާލި ހަމަލާ ބޭރަށް.
ކިރްގިސްތާންގެ 6 ނަންބަރު ފޮނުވާލި ހަމަލާއާއެކު ނަތީޖާ 20-20 އިން ހަމަހަމަ ވެއްޖެ. ރާއްޖޭން ފުރަތަމަ ޓައިމްއައުޓް ނަގައިފި.
ކިރްގިސްތާންގެ ހަމަލާއެއް. ސްކޯއަކީ ރާއްޖެ 20، ކިރްގިސްތާން 19.
ކިރްގިސްތާންގެ 5 ނަންބަރު ނެގި ސާރވިސް ބޭރަށް. ރާއްޖޭގެ ސާރވިސް ނަގަނީ ހުޒާމް.
މިހާރު ސްކޯއަކީ ރާއްޖެ 19 ކިރްގިސްތާން 17.
ސާޖިދުގެ ދެވަނަ ސާރވިސް ބޭރަށް.
ޓައިމްއައުޓަށް ފަހު ކުޅުން ފަށައިފި. ސާޖިދުގެ ބާރު ސާރވިސްއެއް.
ރާއްޖޭގެ ޓީމުން ސާޖިދު އާއި ނިލާމްގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދާކަން ފާހަގަކޮށްލަން.
މެޗުގެ ފުރަތަމަ ޓައިމްއައުޓް މިނެގީ ކިރްގިސްތާން ޓީމުން.
މިފަހަރު ސާޖިދު ފޮނުވާލި ހަމަލާ ދިޔައީ ނެޓަށް. ކިރްގިސްތާން 13 ރާއްޖެ 15
ކިރްގިސްތާންގެ ސާރވިސް އަނެއްކާވެސް ބޭރަށް. މިހާރު ރާއްޖެ 15-12 ކިރްގިސްތާން.
ކިރްގިސްތާނުންވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް، އެޓީމުގެ ރިސީވްތައް ތަންކޮޅެއް ދަށްކޮށް ދަނީ ބައެއް ފަހަރު.
ނިލާމްގެ ބާރު ޝޮޓަކާއެ ރާއްޖެއަށް އިތުރު ޕޮއިންޓެއް. ނިލާމްގެ ފަރާތުން ރަނގަޅު ކުޅުމެއް ދަނީ ދައްކަމުން. ރާއްޖެ މިހާރު 12، ކިރްގިސްތާން 9.
އަނެއްކާވެސް ނިލާމުގެ ބާރު ޝޮޓަކާއެކު ރާއްޖެއަށް ޕޮއިންޓެއް.
ރާއްޖެއަށް އަނެއްކާވެސް ޕޮއިންޓެއް. ފައިރޫޒް ނެގި ސާރވިސް ރިސީވް ނުކުރެވިގެން ދިޔައީ.
މެޗުގެ ފުރަތަމަ ޓެކްނިކަލް ބްރޭކް. ރާއްޖެ 8-7 ކިރްގިސްތާން.
ކިރްގިސްތާންގެ 5 ނަންބަރު ޖެހި ބާރު ޝޮޓް ރާއްޖޭ ޓީމުގެ ކޯޓުތެރެއަށް. މިހާރު މިވަނީ 7-7 އެއްވަރު ވެފައި.
ކިރްގިސްތާން ޓީމުން ކުރި ސާރވިސް އަނެއްކާވެސް ނެޓަށް. މިހާރު ރާއްޖެ 7، ކިރްގިސްތާން 4.
ފުރަތަމަ ސެޓް ކުރިއަށް ދާއިރު މިހާރު ރާއްޖެ 5- ކިރްގިސްތާން 3.
ނިލާމް ވަރަށް ބާރަށް ފޮނުވާލި ޝޮޓް ކިރްގިސްތާން ކުޅުންތެރީންނަށް ދިފާއެއް ނުކުރެވުނު. ރާއްޖެއަށް އަނެއްކާވެސް ޕޮއިންޓެއް.
ކިރްގިސްތާން ކުޅުންތެރީން ޖެހި ޝޮޓް ރާއްޖޭގެ ބްލޮކް މަތީން ބޭރަށް.
މެޗު ފަށައިފި. ކިރްގިސްތާން ނެގި ފުރަތަމަ ސާރވިސް ނެޓަށް.
މެޗު ފަށަނީ ކިރްގިސްތާން ޓީމުން.
ރާއްޖޭ ޓީމުން ފުރަތަމަ ކުޅެން އަރަނީ
- އަހްސަން
- ފައިރޫޒް
- އިޝާން (ކެޕްޓަން)
- ސާޖިދު
- ނިލާމް
- ހުޒާމް
- ޖުނައިދު (ލިބަރޯ)
މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ޝަރަފްވެރި މެހެމާން، އިރުތިޝާމް އާދަމް، ރެފްރީންނާ ބޯޅަ ހަވާލުކުރުމުގެ ރަސްމިއްޔާތު.
މިހާރު މެޗު ފެށުމަށްޓަކައި ދެ ޓީމުގެ ކުޅުންތެރީން ތައްޔާރުވަނީ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މެޗު ފެށިގެން ދާނެ.
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަަޔާޒް މޫސާ
ކިރްގިސްތާނުގެ ގައުމީ ސަލާމަށްފަހު މިހާރު ކުރިއަށްދަނީ ރާއްޖޭގެ ގައުމީ ސަލާމް.
ގިނަ އަދަދެއްގެ ސަޕޯޓަރުން ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ކޯޓަށް ހާޒިރުވެފައިވޭ.
މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކަކުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ދައްކާނެ ކަމަށް އުންމީދުކުރަން. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ހުރިހާ ޓީމުތަކަށް ހޫނު މަރުހަބާއެއް ދަންނަވާ.
މިއީ ރައީސް ޔާމީން، ކުޅިވަރުތައް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތު އަންގައިދޭ ކަމެއް. މިއަދު ވޮލީބޯޅަ ވެގެން ގޮސްފައި މިވަނީ، ރާއްޖޭގެ އެންމެ މަގުބޫލު އެއް ކުޅިވަރަށް. އަޅުގަނޑު އެދެނީ، ހުރިހާ ބޭފުޅުންވެސް ގުޅިގެން ރާއްޖެއަށް ކުޅިވަރުން ކާމިޔާބީ ހޯއްދަވައި ދެއްވުން.
ރަންވަނަ ހޯދުމަކީ ޒުވާނުންނާއި ޒުވާން ކުޅުންތެރިން ލިބޭނެ ހިތްވަރެއް.
ވޮލީބޯލް ތާރީޚްގައިވެސް މިއީ ރާއްޖޭގައި ބައިނަލްއަގްވާމީ ފިރިހެނުންގެ ވޮލީބޯޅަ މުބާރާތެއް ބޭއްވޭ ފުރަތަމަ ފަހަރު. އަޅުގަނޑު އެދެނީ މި ލިބުނު ރަނުގެ ފުރުސަތު ބޭނުންކޮށް، ރާއްޖޭއަށް ރަން ވަނައެއް ހޯއްދަވައިދެއްވުން.
މިހާރު ޝަރަފްވެރި މެހެމާން، ކުޅިވަރާބެހޭ ވަޒީރު ވާހަކަފުޅުދައްކަވަނީ.
ދިވެހި ޓީމަށް ފުރިހަމައަށް ތަރުހީބު ދިނުމަށް ސަޕޯޓަރުންގެ ކިބައިންް ވީއޭއެމްގެ ރައީސް ލަތީފް އެދިލެއްވި.
މިއަދަކީ ގައުމީ ވޮލީޓީމުގެ ކެޕްޓަން އިޝާން މުހައްމަދުގެ އުފަންދުވަސް.
މިއީ 3 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ 2 ވަނަ ވޮލީ މުބާރާތް. މިއީ ވޮލީގެ އާއިލާއަށް ލިބޭ ވަރަށް ބޮޑު ފަޚްރެއް. މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ރައީސް ޔާމީނާއި، ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ދެއްވާ އެއްބާރުލެއްވުން.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވާހަކަދައްކަވަނީ.
މިހާރު މުބާރާތުގައި ބައިވެރިވާ ޓީމުތައް މުބާރާތްކުޅޭ ހޯލަށް އަތުވެއްޖެ.
ޝަރަފްވެރި މެހެމާނަކީ ކުޅިވަރާ ބެހޭ ވަޒީރު އިރްތިޝާމް އާދަމް.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ފަށައިފި.
ކިރްގިސްތާނުގެ ސްޓާޓިން ޕްލޭޔާސް:
ސަމަތު ޑޮގޮޗިއެވް - ކެޕްޓަން
- އަންކުޑިނޯވް އިލިއާ
- ޓޮކްޓޮއެވް ނޫރްމުޚަމެދު
- އިދިރިސޯވް އެމިލް
- ކަނީބެކް އޮނޮލްބެކް އޫލޫ
- މޫސާ ތެރިމިރު އޫލޫ
- ޗަލްމަޝްބެކޯވް ތަލްގަތު
- މޫސައެވް ޒަމާލިއްދީން
- ސަތީބަލްދިޔޭވް އަސަން
- އުމަރޯވް ޑޫރްބެކް - ސްޓާޓިން ލިބަރޯ
- ނޫރަލީ މަނަޒްބެކް އޫލޫ - ދެވަނަ ލިބަރޯ
- ކޯޗު: އުންކުދިނޯވް އަންދްރޭ
ރާއްޖޭގެ ސްޓާޓިން ޕްލޭޔާސް:
މުހައްމަދު އަހުސަން
- އާދަމް ފައިރޫޒް
- އަހްމަދު އަނިލް ނަސީރު
- އިޝާން މުހައްމަދު (ބަޓިސް) - ކެޕްޓަން
- އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)
- އަހްމަދު އަބްދުލްކަރީމް (ލޯންގޭ)
- ހަސަން ނިލާމް
- އަލީ ހުޒާމް
- ހުސައިން ވިސާމް
- އާދަމް ނަސީމް
- އަސްފާގު އާދަމް (އައްކަޅޭ)
- އަހްމަދު ފާޒިލް
- ޖުނައިދު އަބްދުﷲ - ސްޓާޓިން ލިބަރޯ
- ޖަވާމް އަލީ - ދެވަނަ ލިބަރޯ
- ކޯޗު: މުހައްމަދު ޝަރަފް