03 Jul 2011, 19:38
މާލެ އުތުރު ފަރާތު ބަނދަރަށް ކާރެއް މިރޭ ވެއްޓިއްޖެ އެވެ.
މިރޭ ގާތްގަނޑަކަށް 7:00 ޖަހާއެހާކަންހާއިރު މާލެ އުތުރު ފަރާތު ބަނދަރުގެ އަލަށް ހަދާފައި ހުރި ޖެޓީ ކައިރިއަށް އެ ކާރު މޫދަށް ވެއްޓުނީ ބަނދަރުގެ ބޭރު ތޮށިން ދުއްވައިފަ ދަނިކޮށް ކޮންޓްރޯލްނުކުރެވިގެން ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި ކާރު ދުއްވަން އިން މީހާ ފިޔަވައި އިތުރު މީހަކު ކާރުގައި ނެތެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ކާރު ދުއްވަން އިން މީހާ އަށް އަނިޔާއެއް ނުލިބޭ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ކާރު ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެމީހާ އަތުގައި ލައިސަންސް އެއް ނެތެވެ.