21 Mar 2017, 15:24
ހުޅުމާލޭގައި މީގެ ދެ ހަފްތާ ކުރިން ހިނގާދިޔަ ރޭޕުގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދާތީ ފުލުހުން އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހާމަ އެއް ނުކުރެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރޭޕްކޮށްފައި ވަނީ ވިލިމާލެއިން ހުޅުމާލެއަށް ދިޔަ އުމުރުން 27 އަހަރުގެ އަންހެނެކެވެ.
ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ރޭޕްކޮށްފި މީހެއްގެ އަދަބަކީ 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެނޫން ގޮތަކަށް މީހަކު ރޭޕްކޮށްފިނަމަ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.