މާދަމާ ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ކިރްގިސްތާން ޓީމާއި ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ކިރްގިސްތާން ޓީމު ރޭ 9:30ގައި ރާއްޖެ އައިސްފައިވާއިރު، ނޭޕާލް ޓީމު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު 7:00ގައެވެ. އެ ޓީމުތަކަށް ވެލާނާ އިންޓަނޭޝަން އެއާޕޯޓުން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ މަރުހަބާ ކިޔައިފައެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ނޭޕާލް ޓީމު ރާއްޖެ އައުން --- ފޮޓޯ/ ވީއޭއެމް

ކިރްގިސްތާން ޓީމު ރާއްޖެ އައިސްފައިވާއިރު އެ މުބާރާތުގައި އެޓީމު ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާއެވެ. އެ މެޗުގައި ކިރްގިސްތާން ނުކުންނަން ޖެހޭނީ ދިވެހިރާއްޖެއާ ދެކޮޅަށެވެ.

ނޭޕާލް ކުޅޭ ފުރަތަމަ މެޗުގައި އެޓީމު ނުކުންނަން ޖެހޭނީ ތުރުކުމެނިސްތާންއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ތުރުކުމެނިސްތާން ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގައެވެ.

މުބާރާތުގެ ޓިކެޓް މާދަމާ ވިއްކަން ފަށާއިރުު މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ރޯގައިގެ ސަބަބުން ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ ސިއްހީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.