ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އަންނަ ބުދަ ދުވަހު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވޮލީ ބޯޅަ މުބާރާތުގެ ޓިކެޓް ވިއްކުމަށް ަހަމަޖެހިފައިވަނީ 50 ރުފިޔާއަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ މި މުބާރާތުގެ ހުރިހާ މެޗެއްގެ ޓިކެޓެއްވެސް ވިއްކަން ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުންނާއި ޕަބްލިކްސާވިސް މީޑީއާގެ ކައުންޓަރުން ކަމަށެވެ.

ދިވެހިރާއްޖެ، ތުރުކިމިނިސްތާން، ކިރްގިސްތާން އަދި ނޭޕާލް ވާދަ ކުރާ އެ މުބާރާތް ބުދަ ދުވަހު މާލޭގައި ފަށާއިރު ވޮލީބޯޅަ އެސޯސިއޭޝަނުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މުބާރާތުގެ ޝެޑިއުލް

  • 22 މާރިޗް 2017، ގަޑި 16:00 -ދިވެހިރާއްޖެ- ކިރްގިސްތާން
  • 23 މާރިޗް 2017، ގަޑި 16:00 - ނޭޕާލް - ތުރުކެމިނިސްތާން
  • 24 މާރިޗް 2017، ގަޑި 16:00 -ދިވެހިރާއްޖެ- ނޭޕާލް
  • 25 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން- ތުރުކިމިނިސްތާން
  • 26 މާރިޗް 2017، ގަޑި 16:00 -ދިވެހިރާއްޖެ- ތުރުކެމިނިސްތާން
  • 27 މާރިޗް 2017، ގަޑި 16:00 - ކިރްގިސްތާން - ނޭޕާލް

އެ މުބާރާތުގެ ފައިނަލަށް އެއްކޮޅުން ދަތުރުު ކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ. އަނެއް ކޮޅުން ފައިނަލުގައި ވާދަ ކުރާނެ ޓީމެއް ކަށަވަރު ވާނީ 2 ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި 3 ވަނަ އަށް އެންމެ ގޮނަ ޕޮއިންޓް ހޯދާ ޓީމު ކުޅެ މޮޅުވާޓީމެކެވެ. ފައިނަލު އޮންނާނީ މާރިޗް މަހުގެ 29ވަނަ ދުވަހުއެވެ.