03 Jul 2011, 17:08
ޏ. ފުވައްމުލަކު މަދުރުސަތުލް ޝޭހު ޖަމާލުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކްލާހުގައި ކިޔަވަމުން އަންނަ އެ ރަށު ރެދަން އުމުރުން 14 އަހަރުގެ ދީނާ އަބުދުލް ހަމީދު، ދިވެހިރާއްޖެއަށް ސްޕެޝަލް އޮލިމްޕިކްސް މުބާރާތެއްގެ ރިހިމެޑަލް އެއް ހޯދާދީފި އެވެ.
ގްރީސްގައި މިހާރު ކުރިޔަށްދާ ސްޕެޝަލް އޮލިމްޕިކްސް މުބާރާތުގެ ލޯންގް ޖަމްޕުގެ ބައިން ލީނާ ރާއްޖެއަށް ރިހި މެޑަލްއެއް ހޯދައިދިން އިރު، އޭނާ ވަނީ މި މުބާރާތުގެ ތިން ކެޓަގަރީއެއްގައި ބައިވެރިވެފަ އެވެ. ލިނާގެ އިތުރުން ދެން މުބާރާތުގައި އަޑޫ ތިން ކުދިން ވެސް ބައިވެރިވެފައި ވެއެވެ.
ޖުމްލަ ހަތަރު އެތުލީޓުން ހިމެނޭ ދިވެހި ޓީމު އަންގާރަ ދުވަހު އެނބުރި ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިމުބާރާތް ބާއްވަނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެވެ.