މެލޭޝިއާގައި ކުރިޔަށްދާ އޭސީސީ 19 އަހަރުންދަށުގެ ކްރިކެޓް ޗެލެންޖްކަޕްގެ ފުރަތަމަ މެޗް ބުރޫނާއީއާ ބައްދަލުކޮށް 322 ލަޑުން ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ޓޮސް ދިމާވެގެން ރާއްޖެ ޤަސްދުކުރީ ކުޅުމަށެވެ. މިގޮތުން ރާއްޖޭގެ ޓީމް އަރައި 50 އޯވަރުގެ ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން 358 ލަނޑުހަދާފައި ވެއެވެ. އެންމެ ރަނގަޅަށް ކުޅެފައިވަނީ 70 ލަނޑުހެދި އަހްމަދު ޔާނިސާއި، 67 ލަނޑު ހެދި ޙަސަން ޙާޒިޤް ރަޝީދުގެ އިތުރުން 57 ލަނޑު ހެދި މުޙައްމަދު ރިޝްވާނެވެ.

ޖަވާބުގައި ބުރޫނާއިގެ ކުޅުންތެރިން އަރައި 28.1 އޯވަރުގެތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 36 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަގަޅަށް އުކާފައިވަނީ 2 ލަނޑަށް 5 ވިކެޓްނެގި އަޙްމަދު ސަލްމާންޒަކީ އެވެ. މި މެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރާއްޖޭ ޓީމުގެ އަޙްމަދު ޔާނިސް އެވެ.

ރާއްޖޭގެ ޓީމް ދެން ބައްދަލުކުރާނީ ސަޢޫދީއަރަބިއްޔާގެ ޓީމާއެވެ. މި މެޗްއޮންނާނީ މާދަމާ ހެނދުނު ރާއްޖޭގަޑިން 7:00 ޖަހާއިރުގައެވެ. އަދި ރާއްޖެ ކުޅޭ ތިން ވަނަ މެޗްގައި ބއްދަލުކުރާނީ ކުވޭތާ ދެކޮޅަށެވެ.

މުބާރާތުގެ ކުޅުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މެލޭޝިއާގެވެރިރަށް ކްއާލަލަމްޕޫރާއި، ޕެނާންގ ގައި ކުރިއަށް ދާނެ އެވެ.