20 Mar 2017, 00:42
ޖުމުހޫރީ ޕާޓީގެ ފަރާތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ވާދަކުރާ 94 ކެންޑިޑޭޓުންނަށް އެ ޕާޓީގެ ޓިކެޓް ހަވާލުކޮށްފިއެވެ.
ކެންޑިިޑޭޓުންނަށް ޓިކެޓް ހަވާލުކޮށްދެއްވީ އާދީއްތަ ދުވަހުގެ ރޭ ޖޭޕީގެ ޖަގަހަ (މ. ކުނޫޒް)ގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.
ޓިކެޓް ހަވާލުކޮށްދެއްވައި، ކެންޑިޑޭޓުން ތައާރަފްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ އެއް ނައިބް ލީޑަރު ޑރ. ހުސެން ރަޝީދު އަހުމަދު ވިދާޅުވީ، އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ 94 ކެންޑިޑޭޓުންގެ ތެރެއިން 12 ޕަސެންޓަކީ އަންހެން ކަނބަލުން ކަމަށާއި ހުރިހާ ކެންޑިޑޭޓުންނަކީ ވެސް އެ ދާއިރާތަކުގެ ހާލަތު ވަރަށް ކައިރިން ބައްލަވަމުންގެންދަވާ، ދާއިރާއަށް ނިސްބަތްވާ ކެންޑިޑޭޓުން ކަމަށެވެ.
"އެ ބޭފުޅުންނަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާ އެމީހުންގެ ބޭނުންތައް ވަރަށް ރަނގަޅަށް އެގިލައްވާ ބޭފުޅުން. އަޅުގަނޑުމެންގެ ޓިކެޓް ދިނުމުގެކުރިން ޕާޓީގެ ފަރާތުން ވާނީ އެބޭފުޅުންގެ ވަނަވަރުތައް ހޯދައި ބަލާފައި،" ހުސެން ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުުވީ، ޖީޕީގެ ކެންޑިޑޭޓުންނަކީ ރައްޔިތުން ބަލައިގަންނާނެ، ރައްޔިތުންނަށް އިހްތިރާމް ކުރާނެ ބައެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޖޭޕީގެ ލީޑަރޝިޕުން ކެންޑިޑޭޓުންގެ ކެމްޕޭނުގައި އަމަލީގޮތުން ވެސް ބައިވެރިވާނެ ކަމަށެވެ.