19 Mar 2017, 23:25
ސައުތު ހެމްޕްޓަން ބަލިކޮށް، އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީއާ ދިހަ ޕޮއިންޓް ގާތަށް ތާވަލުގެ ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ޖެހިލައިފިއެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި މިރޭ އެޓީމުން ސައުތްހެމްޕްޓަން ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ލީގުގެ ދެވަނައިގައި ޓޮޓެންހަމް އޮތީ 59 ޕޮއިންޓާ އެކުއެވެ.
މިރޭގެ މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައިވަނީ ޓޮޓެންހަމްއިންނެވެ. އެޓީމުން މުޅި މެޗުގައި ސައުތުހެމްޓަންގެ ގޯލަށް އަމާޒުކޮށް 12 ޝޮޓް ފޮނުވާލާފައިވާއިރު ސައުތުހެމްޕްޓަނަށް ޓޮޓެންހަމްގެ ގޯލަށް ފޮނުވާލެވުނީ ނުރައްކާތެރި އަށް ހަމަލާއެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީވެސް ޓޮޓެންހަމްއިންނެވެ. މެޗުގެ ސާދަ ވަނަ މިނިޓްގައި މޫސާ ޑެމްބެލޭ ފަހިކޮށްދިން ފުރުޞަތަކުން ކްރިސްޓަން އެރިކްސަން މި ގޯލް ކާމިޔާބުކުރީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ވާތްފަރާތު ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
ލަނޑަށް ފަހުވެސް ޓޮޓެންހަމްއިން ވަނީ ސައުތުހެމްޕްޓަން ގޯލަށް ނުރައްކާ ކޮށްފައެވެ. ނަަމަވެސް ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ސައުތުހެމްޕްޓަންގެ ކީޕަރެވެ.
ޓޮޓެންހަމްގެ ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 33 ވަނަ މިނިޓްގައެވެ. ޑެލޭ އަލީއަށް އޭރިއާ ތެރެއިން ސައުތުހެމްޕްޓަންގެ ކުޅުންތެރިއަކު ކުރި ފައުލަކާގުޅިގެން ލިބުނު ޕެނަލްޓީއަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑެލޭ އަލީއެވެ.
ދެވަނަ ހާފު ފެށިގެން ސައުތުހެމްޕްޓަންއިން ވަނީ ޓޮޓެންހަމް ކޮޅަށް ގޯލެއްް ޖަހައިފައެވެ. ރަޔާން ބާޓްރެންޑް ނަގައިދިން ހުރަހަކުން މި ލަނޑު ޖޭމްސް ވާޑް ކާމިޔާބުކުރީ ސައުތުހެމްޕްޓަންގެ ގޯލް އޭރިއާ މެދުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
މި މެޗުން ބަލިވި ސައުތުހެމްޕްޓަން މިވަގުތު ލީގު ތާވަލްގައި އޮތީ 33 ޕޮއިންޓާ އެކު 10 ވަނައިގައެވެ.