ގައުމީ ސްކޮޑުން މުޅިން އަލަށް ޖާގަ ލިބުނު ކުޅުންތެރީން ހިމަނައިގެން، އޭޝިއަން ކަޕްގެ ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ގައުމީ ޓީމުން މިއަދު ފަރިތަކުރުންތައް ފަށައިފިއެވެ.

މިފަހަރު މުޅިން އަލަށް ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރޭގައި ޓީސީގެ މުހައްމަދު އައްޒާމްއާއި، އެޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ)އާއި، އެޓީމުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އާއި، އީގަލްސްގެ ރިހާމް އަބްދުލްޣަނީ (ބޮބީ)އާއި، އެޓީމުގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް)އާއި، ގްރީން ސްޓްރީޓްސްގެ އަހްމަދު ނިޒާމް (ނިޒާމްބެ) އަދި އެޓީމުގެ މުހައްމަދު ސާއިފް ހިމެނެއެވެ.

މިމަހުގެ 28 ވަނަ ދުވަހު މާލޭގައި ކުޅޭ މިމެޗުގެ ފަރިތަކުރުންތައް މިއަދު ކުރިއަށް ގެންގޮސްފައިވަނީ މި މެޗު ކުޅުމަށް ހަމަޖެހިފައިވާ ގައުމީ ދަނޑުގައެވެ. މި މެޗަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުގައި ގިނައިން ހިމެނިފައިވަނީގިނައިން ޒުވާން ކުޅުންތެރިންނެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދާނެ ގޮތާއި ޓީމުގެ ތައްޔާރީތަކާއި އަލަށް އެކުލަވައިލެވުނު ސްކޮޑާ ގުޅޭ ގޮތުން ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނީ އާ ސްކޮޑްގައި ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ކަމަށާއި ކާމިޔާބީ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

" ވަރަށް ޒުވާން ކުޅުންތެރީންތަކެއް ޓީމުގަ ގިނައިން މިތިބީ. އުންމީދު މިކުރަނީ އަމިއްލަ ގައުމުގައި ކުޅޭ މިމެޗުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް،" ސްޓެވާޓް ބުންޏެވެ.

އަލަށް އެކުލަވާލެވުނު ގައުމީ ސްކޮޑުގައި އެންމެ ގިނައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރީންނެވެ. އެ ކްލަބުގެ ނުވަ ކުޅުންތެރީންނަށް ޖާގަދީފައި ވާއިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހަތަރު ކުޅުންތެރިޔަކަށް ޖާގަ ދީފައިވެއެވެ. ދެން ސްކޮޑުގައި ހިމެނެނީ ޓީސީގެ ތިން ކުޅުންތެރިންނާއި، ކްލަބު ވެލެންސިއާގެ ތިން ކުޅުންތެރިންނާއި، އީގަލްސްގެ ތިން ކުޅުންތެރިންނާއި، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރީންގެ އިތުރުން ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިންނެވެ.

މާޒިޔާ

  • އަމްދާން އަލީ (އެންޑީ)

  • އަހްމަދު އިމާޒް (އާއްކޮ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • އަސްހަދު އަލީ (އަޑުބަރޭ)
  • މުހައްމަދު އުމައިރު
  • ޔަސްފާދު ހަބީބު (މުލަކޭ)
  • ގާސިމް ސައްމާމް (ސައްމޭ)
  • ސަމޫހު އަލީ (ސަމުއްޓޭ)
  • ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)

ޓީސީ

  • މުހައްމަދު އައްޒާމް

  • ހަސަން ނާއިޒް (ދާދު)
  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)
  • އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)

ވެލެންސިއާ

  • ޝާފިއު އަހްމަދު (ޝާފީ)

  • މުހައްމަދު ފައިސަލް – ގޯލްކީޕަރު
  • ހިސާމް ސަލީމް
  • ހަސަން ޠަލާލް - ގޯލްކީޕަރު

އީގަލްސް

  • އިމްރާން ނަޝީދު

  • އަހްމަދު ޒާދު
  • ރިހާމް އަބްދުލްޣަނީ (ބޮބީ)
  • މުހައްމަދު ޝަފީއު (ޗެކް) - ގޯލްކީޕަރު

ވިކްޓަރީ

  • މުހައްމަދު އިމްރާން – ގޯލްކީޕަރު

  • އިސްމާއިލް އީސާ (މެސީ)

ނިއު ރޭޑިއަންޓް

  • ހަމްޒާ މުހައްމަދު (ހަމްޕު)

  • މުހައްމަދު ރަޝީދު (ހޮކޭ)
  • އަލީ ފާސިރު (ސެންޓޭ)
  • އަހްމަދު އަބްދުﷲ (ލިލީ)

ގްރީން ސްޓްރީޓްސް

  • މުހައްމަދު ސާއިފް

  • އަހްމަދު ނިޒާމް (ނިޒާމްބެ)