19 Mar 2017, 15:06
ގާބުރިއަކުން ޖަހައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 43 އަހަރުގެ ފިރިހެނެކެވެ. އޭނާ އެކަން ކުރީ މިއަދު މެންދުރު 1:30އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގާބުރިއަކުން ޖެހުމުން ގެއްލުން ލިބިފައި ވަނީ ރައީސް އޮފީހުގެ ދެކުނު ފަރާތު، މައި ދޮރާއްޓާ ދިމާލުން ކަމަށެވެ.
ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅާލި މީހާ އެކަން ކުރީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.