ރ. އަތޮޅު ކުޑަފުށީގައި ތަރައްގީކުރި ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ.

ކުޑަފުށި ރިސޯޓު އެންޑް ސްޕާ ހިންގަނީ ސިލްވަ ޑްރިފްޓް މޯލްޑިވްސް ކިޔާ ކުންފުންޏަކުންނެވެ.

ކުޑަފުށި ރިސޯޓުގެ އޭރިއަލް ވިއުއެއް -- ފޮޓޯ/ ކުޑަފުށި ރިސޯޓު (ފޭސްބުކް)

އެ ރިސޯޓު ހުޅުވުމަށް އެންމެ ފުރަތަމަ ނިންމާފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ހުޅުވުން ލަސްވުމަށް ފަހު، އެ ރިސޯޓު ފަތުރުވެރިންނަށް ހުޅުވާލީ މި އަހަރުގެ މާޗު މަހުގެ 10 ވީ ހުކުރު ދުވަހު އެވެ.

ކުޑަފުށި ރިސޯޓު ހުޅުވީ ޖުމްލަ 107 ވިލާއާ އެކު އެވެ. އެއީ 40 ބީޗު ވިލާ، 32 ބީޗު ޕޫލް ވިލާ، 24 ވޯޓާ ވިލާ، 10 ވޯޓާ ޕޫލް ވިލާ އަދި އެއް ޕްރެޒިޑެންޝަލް ސުއިޓެވެ.

ކުޑަފުށި ރިސޯޓުގެ މަންޒަރެއް -- ފޮޓޯ/ ކުޑަފުށި ރިސޯޓު

މީގެ އިތުރުން މި ރިސޯޓުގައި ހުންނަ ރިކްރިއޭޝަނަލް ޚިދުމަތްތަކުގެ ތެރޭގައި ވޯޓާސްޕޯޓްސް އެންޑް ޑައިވް ސެންޓަރަކާއި ސްޕާއެއް ހިމެނެ އެވެ. އޭގެ އިތުރުން ކުޑަފުއްޓާ ކައިރީގައި އޮންނަ ކުޑަ ފަޅުރަށަކަށް ދަތުރު ދިއުމުގެ ކަންކަން ވެސް ހަމަޖައްސައިދޭ ކަމަށް ވެސް އެ ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ކުޑަފުށި ރިސޯޓުގެ މަންޒަރެއް -- ފޮޓޯ/ ކުޑަފުށި ރިސޯޓު

ރ. ބޮޑުފުށި، ދޮރަނގަލި އަދި ތާވަތާ ކިޔާ ތިން ފަޅުރަށް ކައިރީގައި އޮންނަ ކުޑަފުށި ރިސޯޓަށް، އިފުރު ޑޮމެސްޓިކް އެއާޕޯޓުން 25 މިނިޓުގެ ދަތުރަކަށް ފަހު ދެވޭނެ އެވެ.