19 Mar 2017, 12:43
ލ. ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގް ކުރަމުންދާ މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
އެ މާރާމާރީއާ ގުޅިގެން ފުލުހުން ފޮޓޯ ޢާންމުކޮށް ހޯދުމުގެ މަސަތްކަތް ކުރަމުންދަނީ ލ. ގަން ތުނޑި، ކުރިބޯށި، އަޙްމަދު ޝަމީމް (26އ) އާއި ލ. ގަން ތުނޑި، ބްލޫލައިޓް، އަޙްމަދު އަޝްފާޤް (23އ) އެވެ.
ފުލުހުން ބުނީ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންނަށް ނުވަތަ ލ. ގަން ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްދިނުމަށެވެ.
ފުލުހުން ވަނީ މައްސަލަތަކުގައި އެ އިދާރާއިން ހޯދުމަށް އިއުލާން ކުރާ ފަރާތްތަކުގެ މައުލޫމާތު ރައްޔިތުންގެ ފަރާތުން މީގެ ކުރިން ވެސް ލިބެމުންދާ ކަމަށް ބުނެ އެ ކަމަށް ޝުކުރު އަދާކޮށްފަ އެވެ.