Back
Nov 23, 2025 SUN
SUN

އިމްރާންގެ އިސްތިއުނާފު އަޑުއެހުމެއް ގިނަ ދުވަސްތަކަކަށްފަހު އަންގާރަ ދުވަހު

އިމްރާންގެ އިސްތިއުނާފު އަޑުއެހުމެއް ގިނަ ދުވަސްތަކަކަށްފަހު އަންގާރަ ދުވަހު
Lead photo

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޓެރަރިޒަމް ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް ގިނަ ދުވަސްތަކަކަށްފަހު އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފިއެވެ.

ގިނަ ދުވަސްތަކެއްފަހުން މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހަށް ވެސް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރިއެވެ. ނަމަވެސް އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

އަންގާރަ ދުވަހު އިމްރާންގެ އަޑުއެހުން އޮންނާނީ ހެނދުނު 10:15 ގައެވެ.

ދެން ބާއްވާ އަޑުއެހުމުގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ނުބެލެވެއެވެ. އެއީ އެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެން ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުޖާއު އުސްމާން ހައިކޯޓު ދެކުނުގޮތްޕަށް ބަދަލުކުރުމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗަށް ބަދަލު އަންނާނެތީ އެވެ.

އާންމު އުސޫލެއްގެ ގޮތުން ވެސް އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް މައްސަލަ ބައްލަވާ ބެންޗަށް ބަދަލު އައިސްފި ނަމަ އިތުރު އަޑުއެހުމެއް ބާއްވަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އަހަރު ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އިމްރާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނީ އިމްރާން މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޝަތީއަތަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.

އެ މައްސަލަ އިމްރާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު 12 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics