19 Mar 2017, 12:03
ވޮޝިންޓަން (މާޗް 19): ކާރުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓް ހައުސްގެ ޗެކްޕޮއިންޓެއް ކައިރިން ހުއްޓުވައިފި އެވެ.
އެކާރުގައި ބޮމެއް އޮތްކަން ފުލުހުން ޔަގީންކޮށް ނުދިން ނަމަވެސް ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ވަށައިގެންވާ ބައެއް މަގުތައް ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އަދި ވައިޓް ހައުސްގެ ޗެކްޕޮއިންޓެއް ކައިރިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ސީކްރެޓް ސާވިސްއިން ބުނި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ނޫޅުއްވަ އެވެ. ހުކުރު ދުވަހު ރައީސް ޓްރަމްޕް ވަނީ ފްލޮރިޑާއަށް ވަޑައިގެންފަ އެވެ.
މިދިޔަ ހަފްތާ ތެރޭގައި މިހާކު ވަނީ ވައިޓް ހައުސްގެ ބޭރު ފެންސުމަތިން ފުއްމާލައިގެން، ވައިޓް ހައުސްގެ ގޯތި ތެރޭގައި 15 ވަރަކަށް މިނިޓު ހޭދަކޮށްފަ އެވެ. އެހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ސީކްރެޓް ސާވިސް އިން ވަނީ ބުނެފަ އެވެ. (ސީއެންއެން)